ރާއްޖޭގައި ޒަމާނީ ނޫސްވެރިކަމަށް ދޮރު ހުޅުވައިލީ ކުރީގެ ރައީސް މުޙަންމަދު ނަޝީދު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ސޯލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިޙް އެމަނިކުފާނުގެ ރަސްމީ ފޭސްބުކް ޕޭޖުގައި ވިދާޅުވީ ދިވެހި ރާއްޖޭގައި ޒަމާންވީ ނޫސްވެރިކަމަށް ދޮރު ހުޅުވައިދެއްވި ބޭފުޅަކީ ކުރީގެ ނޫސްވެރިޔާ ރައީސް ނަޝީދުކަމީ ކަށަވަރު ކަމެއް ކަމަށެވެ. ނަޝީދުގެ ޒަމާންވީ އެކުވެރިޔާ ރައީސް ސޯލިޙް ވިދާޅުވީ ރާއްޖޭގެ ނޫސްވެރިކަމަށް ނަޝީދު ކޮށްދެއްވާފައިވާ ޚިދުމަތްތައް ވަރަށްގިނަވެފައި އެއީ ނުހަނު އަގުހުރި ޚިދުމަތްތަކެއް ކަމަށެވެ.
"ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދިވެހިންނަށް ހޯދައިދީ ދިވެހިން މިދެކޭ ޒަމާނީ ނޫސްވެރިކަމަށް ދޮރު ހުޅުވާލަދިނީ ރައީސް ނަޝީދުކަން ކަށަވަރު" ރައީސް ސޯލިޙް ވިދާޅުވެފައިވެއެވެ.
ކުރީގެ ރައީސް ނަޝީދު ނޫސްވެރިކަމަށް ކޮށްދެއްވާފައިވާ ޚިދުމަތުގެ ވާހަކަ ރައީސް ސޯލިޙް ވިދާޅުވިއިރު މީޑިޔާ ކައުންސިލުން ދާދިފަހުން ނޫސްވެރިކަމުގެ ޝަރަފުގެ ރަންގަލަން ދެއްވި ބޭފުޅުންގެ ތެރޭގައި ނަޝީދު ނުހިމެނޭތީ ގިނަބަޔެއްގެ ފާޑުކިޔުން އެ ކައުންސިލަށް ވަނީ އަމާޒު ވެފައެވެ.
މީޑިޔާ ތަކުގެ ފަލަ ސުރުޚީއަށްވެސް އެވާހަކަ އެރިއިރު ނަޝީދު ވަނީ ނޫސްތަކުގައި ލިޔުއްވައިގެން ވަރަށްގިނަ ފަހަރު ރައީސް މައުމޫނުގެ ވެރިކަމުގައި ޖަލަށްވެސް ލައްވާފައެވެ.
75 އަހަރުގެ ޚިދުމަތަށް ބަލާއިރު ނޫސްވެރިކަމުގެ ރަންގަލަން ނަޝީދަށް ޙައްގުވޭތޯ ސުވާލު އުފެދޭ. ސަބަބުތައް ބައިވަރު. ނަމަވެސް ނޫސްވެރިކަމުގެ މިނިވަންކަން ހޯދުމަށް ކުރި މަސައްކަތް ފާހަގަކޮށް ނަޝީދަށް އިނާމެއް އެރުވުމަކީ މުހިންމު ކަމެއް. މިހާރު އިނާމު ލިބުނު މީހުންނަށް ބަލާއިރު ނަޝީދު އެކެޓަގަރީތަކަށް ނުފެތޭނެކަން އަޅުގަނޑަށް ގަބޫލުކުރެވޭ ސަބަބުތައް
1. ނަޝީދަކީ ފުލްޓައިމުކޮށް ނޫސްވެރިކަން ކުރެއްވި ބޭފުޅެއް ނޫން.
2. ލިޔުއްވުންތަކަށް ބަލާއިރު މިހާރު އިނާމު އަރުވާފައިވާ ބޭފުޅުންނާ ގާތަށް ވެސް ލިޔުއްވި ބެފުޅެއް ނޫން.
3. ނަޝީދު ނޫސްވެރިކަން ކުރެއްވީ ސިޔާސީގޮތުން އޭގެ މަންފާ ލިބިގަތުމަށްކަން ތާރީޚު އެބަހެކިވޭ.
މިކަންކަމަށް ރިއާޔަތް ކުރާއިރު