ކޮމިޝަނަރަ އޮފް ޕޮލިސްގެ މަޤާމުން ޙަމްދޫން ރަޝީދު ވަކި ކުރައްވައިފިއެވެ. ޙަމްދޫން ޕޮލިސް ކޮމިޝަނަރުގެ މަޤާމުން ވަކި ކުރެއްވީ ޤާނޫނު ނަންބަރު 2008/5 (ފުލުހުންގެ ޤާނޫނު) ގެ 52 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތީންނެވެ.
ޕޮލިސް ކޮމިޝަނަރގެ މަޤާމަށް ޙަމްދޫން ޢައްޔަން ކުރެއްވާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ރައީސް ޢަބްދުﷲް ޔާމީން ޢަބްދުލްޤައްޔޫމް އެވެ.