މިދިޔަ އަހަރުގެ އެންމެމޮޅު ނޫސްވެރިންނަށް އިނާމް ދެއްވައިފި

ފާއިތުވި 2017 ވަނަ އަހަރުގެ ރާއްޖޭގެ އެންމެމޮޅު ނޫސްވެރިންނަށް މިރޭ އިނާމް ދެއްވައިފިއެވެ.

މިދިޔަ އަހަރު ރާއްޖޭގެ އެންމެ އުންމީދީ ނޫސްވެރިއަކަށް ހޮވިފައިވަނީ އަވަސް އޮންލައިގެ ނާޒިމް ޙަސަނެވެ. އޭނާއަށް އިނާމް ޙަވާލު ކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއެވެ. ފޮޓޯ ޖާނަލިޒަމް ގެ ދާއިރާއިން އެންމެ މޮޅު ނޫސްވެރިއަކަށް ހޮވިފައިވަނީ ރާއްޖޭ އެމްވީގެ މުހައްމަދު ޝަރުހާން ވަހީދަށެވެ. އޭނާއަށް އިނާމް ޙަވާލު ކޮށްދެއްވީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް މުޙައްމަދު ޢާޞިފެވެ.

ޝަރުޢީ އަދި ގާނޫނީ ދާއިރާއިން މިދިޔަ އަހަރުގެ އެންމެމޮޅު ނޫސްވެރިޔާގެ އިނާމް ޙާސިލް ކުރެއްވީ މިހާރު ނޫހުގެ ނޫސްވެރިޔާ މުޢިއްޒު އިބްރާހީމެވެ. އޭނާއަށް އިނާމް ޙަވާލު ކޮށްދެއްވީ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާއެވެ.

ވިޔަފާރިއާ އިގްތިސާދީ ދާއިރާއިން އެންމެމޮޅު ނޫސްވެރިޔަކަށް ހޮވިފައިވަނީ މިހާރު ނޫހުގެ ނޫސްވެރިޔާ ޢަބްދުﷲ ޖަމީލެވެ.

ފީޗަރ ލިޔުމުން އެންމެ މޮޅު ނޫސްވެރިއަކަށް ހޮވިފައިވަނީ މިހާރު ނޫހުގެ ނޫސްވެރިޔާ އާމިނަތު ޝިފްލީނެވެ. އޭނާއަށް އިނާމް ޙަވާލުކޮށްދެއްވީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އިބްރާހީމް ޙުސައިން މަނިކެވެ.

ސިޔާސީ ދާއިރާ އިން އެންމެ މޮޅު ނޫސްވެރި ކަމުގެ އިނާމް ޙާސިލް ކުރެއްވީ "އަވަސް"ގެ މޫސާ ރަޝީދެވެ. ކުޅިވަރުގެ ދާއިރާ އިން އެންމެމޮޅު ނޫސްވެރިންނަށް ހޮވިފައިވަނީ "މިހާރު"ގެ ޢައްޒާމް އަލިފުޅާއި "އަވަސް"ގެ ޙުސައިން ހަބީބަށެވެ.

އިޖުތިމާއީ ދާއިރާ އިން އެންމެ މޮޅު ނޫސްވެރިޔާގެ އިނާމް ޙާސިލް ކުރެއްވީ "މިހާރު"ގެ އަޙުމަދު ސާއިލް ޢަލީއެވެ. ވީޑިއޯ ޖާނަލިޒަމް އިނާމް ޙާސިލް ކުރެއްވީ ޗެނަލް 13ގެ އާމިނަތު ލަޔާލް މަނިކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.