ސަފީރު ކަމަށް ހަމަޖައްސަވަން 8 ބޭފުޅެއްގެ ނަން ފޮނުވައިފި

ރާއްޖެއިން ބޭރުގެ ގައުމުތަކަށް ސަފީރުންގެ ގޮތުގައި ކަނޑައެޅުއްވުމަށްޓަކައި 8 ބޭފުޅެއްގެން ނަން ރައީސުލްޖުމްހޫރިއްޔާ މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ރައީސް އިބްރާހިމް މުޙަންމަދު ސޯލިޙް، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި 8 ބޭފުޅުންނަކީ  ބްރަސަލްސްއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް ޙަސަން ޞާބިރު، ގ.ފިޔާތޮށިގެ، އާއި އިންޑިޔާއަށް ކަނޑައަޅުއްވާ ސަފީރު ކަމަށް އައިޝަތު މުޙަންމަދު ދީދީ، ހ. ދޫރިހާ އާއި ސިންގަޕޫރަށް ކަނޑައަޅުއްވާ ސަފީރު ކަމަށް ޑރ އަބްދުﷲ މައުސޫމް އާއި ޖަރުމަނުވިލާތަށް ކަނޑައަޅުއްވާ ސަފީރު ކަމަށް  ހ. ސީވީޑް އަޙްމަދު ލަތީފް އަދި އިނގިރޭސިވިލާތަށް ކަނޑައަޅުއްވާ ސަފީރު ކަމަށް ޑރ ފަރަހަނާޒް ފައިސަލް އާއި ޔޫއޭއީއަށް ކަނޑައަޅުއްވާ ސަފީރު ކަމަށް ތިލްމީޒާ ޙުސައިން، މ. ނޫހިރި އާއި މެލޭޝިޔާއަށް ކަނޑައަޅުއްވާ ސަފީރު ކަމަށް ވިޝާމް އަލީގެ އިތުރުން ސަރީލަންކާއަށް ކަނޑައަޅުއްވާ ސަފީރު ކަމަށް އުމަރު އަބްދުއްރައްޒާޤުއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.