މައްޗަންގޯޅި މެދު ދާއިރާ އަށް ވާދަކުރައްވާނެ ކަމަށް ރައީސް ނަޝީދު އިޢުލާން ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މައްޗަންގޯޅީ މެދު ދާއިރާއަށް ވާދަކުރައްވާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިރޭ އިޢުލާން ކުރައްވައިފިއެވެ. މަޖިލީހުގެ އިންތިޚާބުގައި ވާދަކރުައްވާނެ ކަން ރައީސް ނަޝީދު އިޢުލަން ކުރެްވީ އެކަމަށްޓަކައި މައްޗަންގޯޅީ މެދު ދްއިރާގައި މިރޭ ބޭއްވީ ޚާއްޞަ ހަރަކާތެއްގައެވެ.

ދާއރާގެ ރައްޔިތުންނާ މުޚާތަބް ކުރައްވައި އެމަނިކުފާނު ވިދާޅުވީ މީގެ  ދުވަސްކޮޅެއް ކުރީން ފެބްރުއަރީ މަހެއްގައި ހެޔޮވެރިކަމެއް ކޮށްދެއވާން ވަޑައިގަންނަވާނެ ކަމަްށް ވިދާޅުވި ކަމަށެވެ. އަދި މިރޭ އެމަނިކުފާނު އެހުންނެވީ ސިޔާސީ މަސައްކަތުގައި ރައްޔިތުންގެ ކައިރިއަށް އެނބުރިވަޑައިގެން ކަމަށެވެ.

"މިރޭ މިހިރީ ސިޔާސީ މަސައްކަތުގައި ތިބޭފުޅުން ކައިރިއަށް އެނބުރި އައިސް. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ މަޖިލީހުގެ އާއްމު އިންތިޚާބުގައި މަޖިލީހުގައި ވާދަކުރަން ނިކުންނަނަ.ް އަޅުަގނޑު މިހުރީ ރިބޭފުޅުންގެ މަސައްކަތަށް ނިކުމެ"، އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރައްޔިތުން މަޖިލިހާ މެދު ކުރާ އުއްމީދުތައް ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރައްޔިތުންގެ ފަރާތުން ވަކާލާތު ކުރުމަށް ނޭދޭ ބަޔަކު ދެން ރައްޔިތުން ނުހޮވާނެ ކަމަށެވެ. "ރައްޔިތުންގެ މަޖިލީހަށް ދެން ވަގުންނެއް ނުހޮވާނެ. އަޚުލާޤު ނެތް، ދިވެހި ރައްޔިތުންގެ ފަރާތުން ވަކާލާތު ކުރުމަށް ނޭދޭ މީހަކު ރައްޔިތުންގެ މަޖިލީހަކަށް ރައްޔިތުން އިންތިޚާބު ނުކުރާނެ. އަޅުގަނޑު ނިކުމެ މިހުރީ ރައްޔިތުންގެ މަޖިލީހުެގ މެންބަރެއްގެ ގޮތުގައި ވާދަ ކުރަން. ގޯނި ގޯންޏަށް ފައިސާ އަޅައިގެން ގެންދާ ވާހަކައެއް ނުދައްކާނެ"، ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުން އެކުލަވައިލާނީ ނަޒާހާތްތެރި މަޖިލީހެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މަޖިލީހަކީ ރައްޔިތުންގެ ފައިސާ ބަލަހައްޓާ ތަނަކަށް ހަދަން ޖެހޭ ކަމަށް ވިދަާޅުވެ އެކަން އެންމެ ރަނގަޅަށް ކުރެވޭނީ ރައްޔިތުނެގެ މަޖިލީހަށް ކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހަދައިދިނުމަށް ވަކާލާތު ކުރާ ތަނަކަށް ހަދަންޖެހޭ ކަން ފާހަގަ ކުރައްވައި އެއްވެސް ނުފޫޒަކަށް ނުގުޑާނެ މެންބަރުން ހޮވުން މުހިއްމުކަމަށް ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނު އެނބުރު ވަޑައިގަތި ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދެއްވާށެވެ. އަދި މުޅިން އެހްނ ގައުމިއްޔަތެެއް ބިނާ ކޮށްދެއްވުމުގެ އުއްމީދުގައެވެ. އެހެން ކަމުން މަިލީހަކީ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރާނެ މަޖިލީހަކަށް ހައްދަވައި ރައްޔިތުން އެދޭފަދަ ތަނަކަށް މަޖިލިސް ހެއްދެވުމަށް އެމަނިކުފާނަށް ވޯޓު ދެއްވުމަށް ދާއިރާގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގަތެވެ. އަދި ގައުމު ބިނާ ކުރުމަށްޓަކައި ރާއްޖޭގެ ކަންކޮޅުތަކުގައި ވެސް މަޖިލީހަށް ދޭ ވޯޓަކީ ތިލަފަތަށް ދޭ ވޯޓަކަށް ހައްދަވައި ދެއްވުމަށް އެދިވަޑައިގަތެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙާއްމަދް ޞާލިޙް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ބައިވެިރވެ ވަޑައިގެންނެވިއެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.