ޓިވެކަށް ދިމާވާ ގޮންޖެހުންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފި

 ޓިވެކަށް ދިމާވެފައިވާ މައްސަލަތަކާއި ގިންޖެހުންތަކާ ބެހޭގޮތުން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ޙަސަން މަޝްވަރާ ކުރައްވައިފިއެވެ. މި މަޝްރާތައް ކުރެއްވީ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ސެންޓަރ (ޓިވެކް) ގެ އިސްވެރިންނާއެކު މިނިސްޓަރ ބޭއްވި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލު ކުރެއްވުން އޮތީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން ގައެވެ. ޓިވެކަކީ ކޯސްޓްލައިން ފައުންޑޭޝަންގެ ސީ.އެސް.އާރު ޕްރޮޖެކްޓެއްގެ ދަށުން އުފައްދާފައިވާ ސެންޓަރެކެވެ.

މި  މަޝްވަރާ ބައްދަލު ވުމުގައި ޓިވެކްގެ ގެ  އަމާޒާއި،ކޮންސެޕްޓް އަދި ޓިވެޓް ކޮލިފިކޭޝަން ތަކުގެ ވަކި ފްރޭމްވާރކްއެއް ނެތުމުން ހުރި ދަތިތައް ޓިވެކްގެ ފަރާތުން ވަނީ މިނިސްޓަރާ ޙިއްސާކުރައްވައިފައެވެ. ޓިވެކްގެ ކާމިޔާބީއަކީ ދަރިވަރުން ދަސްވެނިންނަށްވުމަށްވުރެ ވަޒީފާގެ ދާއިރާއަށް އަހުލުވެރިވުންކަމާއި މިއީ މިގޮތަށް ހުޅުވުނު (ކިޔަވައި ދިނުމުގެ އިތުރުން، ދަރިވަރުންގެ އެކޮމޮޑޭޝަން، ރެސްޓޯރެންޓް، ފިހާރައެއް އަދި އެހެނިހެން ޚިދުމަތްތައް ލިބޭގޮތަށް) ފުރަތަމަ މަރުކަޒުކަމަށްވާތީ އެތަނަށް ދިމާވާ އެހެނިހެން ގޮންޖެހުންތަކުގެ ވާހަކަވެސް ވަނީމިނިސްޓަރާ ޙިއްސާ ކުރައްވައިފައެވެ.

މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަންގެ ވާހަކަފުޅުގައި ރާއްޖޭގައި މި ފަދަ މަރުކަޒެއް ހުޅުވައިގެން ރާއްޖޭގެ ދަރިވަރުންނަށް ޚިދުމަތްދިނުން މިއީ ވަރަށް ރަނގަޅު ކޮންސެޕްޓެއް ކަމަށް ވިދާޅުވިއެވެ. އަދި ޒުވާނުންނަށް މިލިބޭ ފުރުޞަތުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތުގައި ބޭނުންހިފޭނެ މަގު ފަހި ކޮށްދެއްވުމަށް މި މިނިސްޓްރީން ކުރެވެންހުރި ކަންތައްތަކުގައި އެއްބާރުލުންދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި މި ފަދަ މަޝްވަރާތައް ހުއްޓާނުލައި ކުރިއަށްގެންދިއުމަކީ މުހިންމު ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ. މި ބައްދަލުވުން ބާއްވައިފައިވަނީ އިއްޔެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.