އެމްސީ ޙަމީދަށް އެސިސްޓެންޓް ކޮމިޝަނަރުކަން ދެއްވައިފި

ފުލިހުންގެ ކުރީގެ އިންޓެލިޖެންސްގެ ވެރިޔާ މުޙައްމަދު ޙަމީދު (އެމްސީ ޙަމީދު) އަށް އެސިސެޓެންޓް ކޮމިޝަރ އޮފް ޕޮލިސްގެ މަޤާމް ދެއްވައިފިއެވެ.

އެމްސީ ޙަމީދަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމް މިއަދު ދެއްވީ 2012 ވަނަ އަހަރު އޭނާ މަޤާމުން ވަކިކުރި މައްސަލަ ސްޕްރީމްކޯޓަށް ހުށަހެޅުމުން އެމައްސަލަ ބެއްލެވުމަށްފަހު އަލުން އޭނާއަށް ވަޒީފާ ދެއްވުމަށް ކޯޓުން އަމުރު ކުރެއްވުމުންނެވެ.

ސްޕްރީމް ކޯޓުން އެގޮތަށް އެންގެވީ މިދިޔަ އާދީއްތަ ދުވަހުއެވެ. އޭނާ މަޤާމުން ވަކިކުރި އިރު ހުންނެވީ ޗީފް ސުޕްރިޓެންޑެންޓްގެ ރޭންކްގައެވެ. މިއަދު އެސިސްޓެން ކޮމިޝަނަރުކަން ދެއްވައި ޕޮލިސް އިންޓެލިޖެންސްގެ ވެރިޔާ މަޤާމަށް އޭނާ ވަނީ އައްޔަން ކުރައްވައިފައެވެ. މަޤާމުގެ ލިޔުން އޭނާއާ ޙަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޙަމްދޫން ރަޝީދެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި އޭނާއަށް ޕޮލިސް ކޮމިޝަނަރުކަން ދެއްވުމަށްވަނީ ނިންމަވައިފައެވ.

2012 ވަނަ އަހަރު ޙަމީދު ވަޒީފާއިން ވަކިކުރީ ފުލުހުންގެ ސިއްރު މަޢުލޫމާތު ހާމަކުރި ކަމުގެ ތުހުމަތުގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.