މައްސަރު ޓެކްސް އުވާލައިފި

ސެނިޓަރީ ޕެޑުން ނަގަމުން އައި ޓެކްސް އުވާލައިފިއެވެ. މިއަދުން ފެށިގެން ޕެޑާއި، ޓެމްޕޯން އާއި އަދި މެންސްޓްރުއަލް ކަޕުން ޓެކްސް ނެގުން ހުއްޓާލާފައިވަނީ ޕެޑުން ނަގާ ޓެކްސް އުވާލުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޤާނޫން ރައީސް އިބްރާހީމް މުޙައްމަދް ޞާލިޙް  މިއަދު ތަސްދީގު ކުރެއްވުމުންނެވެ.

މުދަލާއި ޚިދުމަތުގެ ޤާނޫނަށް ގެނެވުނު އިޞްލާޙުގެ ދަށުން ސެނިޓަރީ ނެޕްކިން، ޓެމްޕޯން، މެންސްޓްރުއަލް ކަޕް އަދި އެފަދަ ތަކެތި މިޙާރު ހިމެނެނީ ލަގްޒަރީ މުދަލުގެ ބަދަލުގައި އަސާސީ މުދަލުގެ ގޮތުގައެވެ. ދުނިޔޭގެ ގައުމުތަކުން ޕެޑުން ޓެކްސް ނެގުން ހުއްޓުވަން ގިނަ ކެންޕޭންތަކެއް ކުރިއަށް ގެންދެއެވެ. ދާދީ ފަހުން އިންޑިއާއިން ވެސް ވަނީ ޕެޑުން ނަގަމުން އައި ޓެކްސް އުވާލާފައެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.