ޖޭޕީގެ މަޖިލިސް މެމްބަރުންގެ ޢަދަދު 22 އަރައިފި

ޖޭޕީގެ ޕީޖީ ލީޑަރު ޢަބަދުﷲ ރިޔާޒު: މެމްބަރު ސައުދާއި، ލަތީފަކީ ޖޭޕީގެ މެމްބަރުން ކަމަށް ވަނީ ވިދާޅުވެފައި

ޖުމްހޫރީ ޕާޓީ (ޖޭޕީ) ރައްޔިތުންގެ މަޖިލީހުގައި ތަމްސީލްކުރާ މެމްބަރުންގެ ޢަދަދު 22 އަށް އަރައިފިއެވެ.

އެ ޢަދަދު 22 އަށް އަރައިފައިވަނީ ދިއްދޫ ދާއިރާގެ މެމްބަރު ލަތީފާއި ސައުދު އެ ޕާޓީއަށް ސޮއިކުރެއްވުމަށް މީޑިއާ ކުރިމަތީގައި އެއްވެސް ކަމެއް ނުބާއްވަ އެވެ. އެކަމަކު އަލީ ސޯލިހް ވިދާޅުވީ، ޖޭޕީއަށް "މަޖިލިހުގެ 22 މެމްބަރުން ހަމަވަނީ ލަތީފާއި ސައުދު ހިމަނައިގެން" ކަމަށެވެ.

"އެއީ މިހާރު މި ޕާޓީގެ ދެ މެމްބަރުން،" ޢަބްދުއް ލަތީފް މުޙައްމަދާއި، ވިލިގިލީ ދާއިރާގެ މެމްބަރު ސަޢުދު ޙުސައިން އެޕާޓީއާ ގުޅުމުންނެވެ. އެ ދެމެމްބަރުން އެޕާޓީއަށް ސޮއިކުރައްވައިފައިވަނީ ކޮން ދުވަހަކު ކަމެއް ކަށަވަރެއް ނުވިއެވެ. އެހެންނަމަވެސް ވަރަށްކުރިން އެބޭފުޅުންވަނީ ޖޭޕީއަށް ސޮއިކުރައްވައިފައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ޖޭޕީގެ އިސްބޭފުޅަކު ވިދާޅުވީ އެ ދެ މެމްބަރުންނަކީ އެޕީޓީގެ ދެ ބޭފުޅުން ކަމަށެވެ. އެހެންނަމަވެސް އެބޭފުޅުން ސޮއި ކުރެއްވީ ކޮންދުވަހަކު ކަމެއް އެނގިފައި ނުވާކަމަށެވެ. "ވަރަށްކުރިން އެބޭފުޅުން ސޮއިކުރައްވައިފި،" އެބޭފުޅާ ވިދާޅުވިއެވެ.

އެ ދެ މެންބަރުން ޖޭޕީއާ ގުޅުމުން އެޕާޓީ ވެގެން ގޮސްފައިވަނީ ދެވަނައަށް މެމްބަރުން އެންމެ ގިނަ ޕާޓީއަކަށެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.