އައިޖީއެމްއެޗުގެ ސީއީއޯ އަކަށް ސަލީމް އައްޔަން ކުރައްވައިފި

ބަންދު އިބްރާހީމް ސަލީމް (ކުޑަ ބަންދޭ) : ފޯޓޯ މިހާރު

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ޗީފްއެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ބަންދު އިބްރާހީމް ސަލީމް (ކުޑަ ބަންދޭ) އައްޔަން ކުރައްވައިފިއެވެ.

އޭނާ އަކީ ރައީސް ނަޝީދުގެ ވެރިކަމުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ޗެއާމަންކަން ކުރެއްވި ބޭފުޅެކެވެ.

އައިޖީއެމްއެޗުގެ ސީއީއޯއަކަށް ކުޑަ ބަންދޭ އައްޔަން ކުރެއްވުމުގެ ކުރިން އެތަނުގެ ސީއީއޯއަކަށް ހުންނެވީ ފަރުޙަތު ޝަހީރެވެ. އޭނާ މަޤާމުން ވަކިކުރެއްވި މިސަރުކާރު ވެރިކަމަށް ވަޑައިގެންނެވެ.

ކުޑަ ބަންދޭގެ މައްޗަށް ކޮރަޕްޝަންގެ މައްސަލައެއް ތުހުމަތުކޮށް އޭސީސީ އިންވަނީ 2014 ވަނަ އަހަރު ޖެނުއަރީމަހު އޭނާގެ މައްޗަށް ދަޢުވާކުރަން ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވައިފަ އެވެ. އެހެން ނަމަވެސް ދައުލަތުން އޭނާގެ މައްޗަށް ދައުވާ ކުރައްވައިފައެއް ނުވެއެވެ.

އިންޑީއާގެ ޖީއެމްއާރަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓު) ދިން އިރު އެމްއޭސީއެލް ގެ ޗެއަރމަނަކަށް ހުންނެވީ ކުޑަ ބަންދޭއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. މިނޫން މީހަކު އިބޫއަށް ހަމަ ނުފެނުނީތޯ؟ ކިޔަވައިގެންތިބި ޤާބިލް އެތައްބަޔަކު ތިއްބާ ، ނަޒާޙަތްތެރިކަމުގެ ސުއާލު އުފެދި އިތުބާރު ގެއްލިފައިތިބި މީހުން ތަންތަނަށް ލައްވަންޏާ މިސްރާބު ރަނގަޅެއްނޫން. ދެން ސޯރޭވެސް ކޮންމެސް ތާކަށް ލައްވާ. އެވެސް އަންނިގެ ކްލާސްމޭޓެއް. އެސްޓީއޯއިން ނެގި 18 މިލިއަން ރުފިޔާގެ މައްސަލަވެސް އެއޮތީ މިހާރު އޮބިފަ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.