ސިވިލްސަރވިސް ކޮމިޝަންގެ މެމްބަރަކަށް ޢާމިރާ އައްޔަން ކުރައްވައިފި

ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް އައްޑުއަތޮޅު ފޭދޫ، ކުމުންޒާނިގެ ފާތިމަތު ޢާމިރާ މިއަދު އައްޔަ އައްޔަން ކުރައްވައިފިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު، އެމަޤާމަށް ޢާމިރާ އައްޔަން ކުރެއްވީ އޭނާގެ ނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން މަޖިލީހުން އޭނާއަށް ރުހުން ދެއްވުމުންނެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވުމުގެ ކުރިން ޢާމިރާ ވަނީ ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި މެމްބަރު ކަމުގެ ހުވައި ކުރައްވައިފައެވެ. މެންބަރު ކަމުގެ ހުވައި ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު ޢަބްދުﷲ ޢަރީފެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ މިރަސްމިއްޔާތުގައި ފާތިމަތު އާމިރާއާއި ޙަވާލުކުރެއްވިއެވެ.

ޢާމިރާއަކީ ތަޢުލީމީދާއިރާގައި ގިނަދުވަހު މަސައްކަތް ކުރައްވައިފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.