ސައުތު އެފްރީކާގެ ފުރަތަމަ ބޯޓު މިއަދު ގަމަށް އަތުވެއްޖެ

ސައުތު އެފްރިކާގެ ޖޮހަނަސްބާގުން އައްޑޫ ސިޓީގެ ގަމާ ދެމެދު ސީދާ ދަތުރުތައް މިއަދު ފަށައިފިއެވެ. ދަތުރުތައް ފެށުމުގެ ގޮތުން މިއަދު ގަމަށް އައިސްފައިވަނީ ޗާޓަރު ފުލައިޓެކެވެ. އެއިން 300 ފަސިންޖަރުން އައްޑުއަށް އައިސްފައިވެއެވެ.

މި ބޯޓުން އައި މީހުންނަށް މަރުޙަބާ ދެންނެވީ ޓްރާންސްޕޯޓް މިނިސްޓަރ ޢާއިޝަތު ނަހުލާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމެވެ. އެބޭފުޅުންގެ އިތުރަށް އައްޑޫ ސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިޤާއި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރ ތައްޔިބު މުޙައްމަދު ވެސް ވަނީ އެބޯޓުން އައި ފަތުރުވެރިންނަށް މަރުޙަބާ ވިދާޅުވެފައެވެ.

މި ބޯޓުން އައި ފަތުރުވެރިންނަށް ގަމުންވަނީ ރަތްދޫލައިގެ މަރުޙަބާއެއް ކިޔައިފައެވެ. މި ބޯޓު ހަފްތާއަކު އެއް ދަތުރު އައްޑޫ ގަމަށްކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުތަކުގެ ސަބަބުން މެދުއިރު މައްޗާއި ސައުތު އެފްރިކާއިން ރާއްޖެއަށް އަންނަ ބޭނުންވާ މީހުންނަށް ފަސޭހަވެ ދަތުރުގައި ހޭދަކުރަންޖެހޭ ވަގުތުވެސް މަދުވެގެން ދާނެއެވެ. އައްޑޫގެ ބައެއް ވިޔަފާރިވެރިން ބުނެފައިވަނީ މިއީ ވެސް އުންމީދެއް ކަމަށެވެ. މިދަތުރުތަކުގެ ސަބަބުން އައްޑުއަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށް ވެސް ވިޔަފާރިވެރިން ބުންޏެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.