ޢިމްރާން އިސްތިއުފާ ދެއްވުމަށްފަހު އަލުން މަޤާމާ ޙަވާލުވެ ވަޑައިގެންފި

މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ މަޤާމުގައި ހުންނެވި، މ. ކޮޅުފުށީ، މަލްހާރު އައްޝައިޚް ޢިމްރާން ޢަބްދުﷲ އެ މަޤާމުން އިސްތިޢުފާ ދެއްވުމަށްފަހު އަލުން މަޤާމާ ޙަވާލުވެ ވަޑައިގެންފިއެވެ.

އައްޝައިޚް ޢިމްރާން ޢަބްދުﷲ އެ މަޤާމުން އިސްތިޢުފާ ދެއްވައި އަލުން މަޤާމުގެ ހުވައި ކުރެއްވީ ވެސް މިއަދުއެވެ. ޢިމްރާން އިސްތިއުފާ ދެއްވީ އެމަނިކުފާނަށް މިނިސްޓަރުކަން ދެއްވިއިރު 12 އަހަރުގެ ޖަލު ޙުކުމެއް އޮތުމުން އެކަމަށް މީހުން ފާޑުވެސް ކިޔައިފައި ވަނިކޮށްނެވެ. އެހެންނަމަވެސް ސްޕްރީމްކޯޓުން ފަހުން ވަނީ ޢިމްރާނުގެ މައްޗަށް ކޮށްފައި އޮތް 12 އަހަރުގެ ޙުކުމް ބާޠިލް ކުރައްވައިފައެވެ.

ރައީސް އޮފީހުން ވިދާޅުވީ ޢިމްރާން އިސްތިއުފާ ދެއްވީ އަމިއްލައަށް ކަމަށެވެ. އެގޮތަށް ކަންތައް ކުރެއްވުމުން މީހުންގެ ހިތުގައި އުފެދިފައިވާ ޝައްކުތައް ފިލައިގެންދާނެ ކަމަށް ޢިމްރާން ޤަބޫލުފުޅު ކުރައްވައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

2 ޚިޔާލު

  1. Imraanu Abdbullah ah furathama 17-nov 2018 gai vazeerukan dhevvaee QA aai khilaafahkamah 2 beyfulhunnahves qaboolu kurevunee kamah fennanee iboo faahaga vegen midhiyaee raeesmkamuge huvaakurithaa 24 gadi iru nuvanees QA aai khilaafuvi adhi vazeeraku isthiufaadhinumun 10 gadi irunuvanees isthiufaadhinmagaamah isthiufaadhevvi vazeeru hayyan kurevvi furathamaraeesah 15 dhuvas therey 2 rekord gaaimu koffi baarah ayjahaa

  2. ބަހުސު ކުރާނޭ ޖާގަ ކުރިން އޮތް. މިހާރު މި ޔަގީންވީ މިހާ ދުވަހު ހުރީ ގައިރު ގާނޫނީ ގޮތުން މަގާމުގަ. ކާކު އެ ދުވަސްތަކަށް ޒިއްމާ ވާނީ؟ އިބޫވެސް ވާން ޖެހޭެ އިމްރާންވެސް ވާން ޖެހޭނެ. ބޭނުންހާ ގތެއް ވެގެން ނުވާނެ. ދެން އެއްކަލަ ހުރިހާ ކަމެއް ދަންނަ މަތިން ފާބާވަޑައިގައް ޝަމީމު ބުނާނެ ކަލޭމެނަކަށް ނޭގޭނެއޭ. އަހަންނަށޭ އެގޭނީ. ކުރިންވެސް ހެވޭ. މިހާރުވެސް ހެވޭ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.