އެމްސީ ޙަމީދަށް އަލުން ވަޒީފާ ދިނުމަށް ސްޕްރީމް ކޯޓުން އަމުރު ކުރައްވައިފި

އެމްސީ ޙަމީދު: ފޮޓޯ ސޯޝަލް މީޑިއާ

ފުލުހުންގެ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ މުޙައްމަދު ޙަމީދު (އެމްސީ ޙަމީދު) އަށް އަލުން ވަޒީފާ ދިނުމަށް ސްޕްރީމް ކޯޓުން ޙުކުމް ކުރައްވައިފިއެވެ.

ސްޕްރީމް ކޯޓުން މިއަދު އެގޮތަށް ޙުކުމް ކުރެއްވީ ފުލުހުންގެ ވަޒީފާއިން އޭނާ ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައެޅުމަށްފަހުއެވެ. އޭނާ މަޤާމުން ވަކިކުރައްވައިފައިވަނީ 2012 ވަނަ އަހަރުއެވެ. އޭރު އޭނާ ހުންނެވީ
ޗީފް ސުޕްރިޓެންޑެންޓްގެ  ރޭންކުގައެވެ.

ވަޒީއިން ވަކިކުރީ ފުލުހުންގެ ސިއްރު މަޢުލޫމާތު ހާމަކުރި ކަމުގެ ތުހުމަތުއެވެ. އޭނާ ވަޒީފައިން ވަކިކުރުމުން އެމައްސަލަ ސިވިލް ކޯޓަށް ހުށަހެޅި އެވެ. އެކޯޓުން ނިންމެވީ އޭނާއަށް އަލުން ވަޒީފާ ދިނުމަށެވެ. އެހެންނަމަވެސް ހައިކޯޓުން އެމައްސަލަ ވަނީ ބާޠިލް ކުރައްވައިފައެވެ.

އޭނާ ކުރިންހުރި ފެންވަރުގެ ވަޒީއެއް އޭނާއަށް ދިނުމަށް ދައުލަތުގެ މައްޗަށް ސްޕްރީމް ކޯޓުން މިއަދު ޙުކުމް ކުރެއްވީ އެމައްސަލަ ޙަމީދުގެ ފަރާތުން ސްޕްރީމްކޯޓުގައި އިސްތިއުނާފު ކުރެއްވުމުން އެ މައްސަލަ ބެއްލެވުމަށްފަހުއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.