އެމްޑީޕީން ވާދަކުރާނެ ދާއިރާތައް އިޢުލާން ކުރާނީ މާދަމާ

އަންނަ އަހަރު މާރިޗުމަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީން ވާދަކުރާނެ ދާއިރާތައް ކަނޑައަޅައި އެކަން އިޢުލާން ކުރުން ފަސްކޮށްފިއެވެ.

އެމްޑީޕީން ކުރިން ނިންމައިފައިވަނީ އެ ދާއިރާތައް މިއަދު އިޢުލާން ކުރުމަށެވެ. އެހެންނަމަވެސް އެޕާޓީން މިހާރުވަނީ ދާއިރާތައް އިޢުލާން ކުރުން މާދަމައަށް ފަސް ކޮށްފައެވެ.

އެމްޑީޕީއަކީ ވެރިކަންކުރާ ކޯލިޝަންގެ މައިޕާޓީއެވެ. ކޯލިޝަނުން މަޖިލީހަށް ކުރިމަތިލައްވާނެ ދާއިރާތަކާއި އެދާއިރާތައް ބަހާގޮތެއް އަދި ވެސް ނުނިމެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދު ވެސް މިހާރުވަނީ އެމްޑީޕީގެ ޤައުމީމަޖިލީގެ ބައެއް މެމްބަރުންނާ ބައްދަލު ކުރައްވައިފައެވެ. އެ ބައްދަލުވުމުގައު ރައީސް ވިދާޅުވި ކަމަށްވަނީ އެމްޑީޕީން ހުރިހާ ދާއިރާއަކަށް ވާދަކުރެއްވުމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.