ތިން ކުންފުންޏަކަށް އެމްޑީން އައްޔަން ކުރައްވައިފި

އެސްޓީއޯގެ އެމްޑީ ޢަމްރު

ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ތިން ކުންފުންޏަކަށް މެނޭޖިން ޑިރެކްޓަރުން ލައްވައިފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސް މުޙައްމަދު ނިޒާރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މެނޭޖިން ޑިރެކްޓަރުން ލެއްވީ އެސްޓީއޯ، އެމްޑަބްލިޔުއެސްސީ، އައިލެންޑްއޭވިއޭޝަނަށް ކަމަށެވެ.

އެސްޓީއޯގެ އެމްޑީއަކަށް އަޔަބް ކުރައްވައިފައިވަނީ ގަލޮޅު، ހައްދުންމަތީ ދެކުނުގޭ ޙުސައިން ޢަމްރު މުޙައްމަދު ރަޝާދު ކަމަށެވެ. އެމްޑަބްލިޔޫއެސްސީގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކުރައްވައިފައިވަނީ އެސްޓީއޯގެ ކުރީގެ އެމްޑީ މ. ސީނު ކަރަންކާގޭ، އާދަމް ޢާޒިމެވެ. އައިލޭންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖެއްސީ ގ. ޔުރެނަސް، މުޙައްމަދު ރިޒްވީ އެވެ.

މިބޭފުޅުން މި މަޤާމްތަކަށް އައްޔަން ކުރެއްވީ އިއްޔެގެ ވަގުތެއްގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.