ޑރ. ވަޙީދު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ބައްދަލު ކުރައްވައިފި

ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ހަސަން މަނިކު، މިހާރުގެ ރައީސުލް ޖުމުހޫއްރީއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސް ޑރ. ވަޙީދު ޒިޔާރަތް ކުރައްވާފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އެމަނިކުފާނުގެ މި ޒިޔާރަތުގައި، ރައީސް އިބްރާހީމްގެ ސަރުކާރަށް އެމަނިކުފާނުގެ ފަރާތްޕުޅުން ވެދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމުގެ ޔާޤީންކަން ދެއްވިއެވެ.

ރައީސް އިބްރާހީމް މަޤާމުގެ ހުވާކުރެއްވުމަށް ފަހު ކުރީގެ ރައީސުން އަންނަނީ ރައީސާ ބައްދަލު ކުރައްވަމުންނެވެ. އެގޮތުން ކޯލިޝަން ސަރުކާރުގެ އެއް ޙިއްސާދާރު އަދި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވަނީ މި މަހުގެ 22 ވަނަ ދުވަހު ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. މިނޫނަސް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޢިއްޒަތްތެރިން ވަނީ ރައީސާ ބައްދަލު ކުރައްވައިފައެވެ. ވަންނަ އިރު ސްއެމް ވާހަކަ ދައްކަވަމުން އައްޑޫސިޓީ ޑެޕިއުޓީ މޭޔާރ މުހައްމަދު ޔަސްރިފް ވިދާޅުވީ، އެ

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.