ރައީސްގެ ތަރުޖަމާނަކަށް އިބްރާހީމް ހޫދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސްޕޯކްސްޕަރސަން (ތަރުޖަމާން) ގެ ދައުރު އަދާކުރައްވާނީ، ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓް އިބްރާހީމް ހޫދު ކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފިއެވެ.

އިބްރާހީމް ހޫދަކީ އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވައިފައިވާ ބޭފުޅެކެވެ. އޭގެ އިތުރަށް އޭނާ ވަނީ ޕޮލިޓިކަލް ސައިންސް އެންޑް އިންގްލިޝް ލިޓްރޭޗަރއިން ބެޗްލަރސް ޑިގްރީ ހާސިލުކުރައްވާފައި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މީގެކުރިން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހޫދު ވަނީ ޚިދުމަތްކުރައްވާފައެވެ. މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ތަފާތު ފެންވަރުގެ މަޤާމުތަކާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރސެކްރެޓަރީކަމުގެ މަޤާމުވެސް ހޫދު ވަނީ ފުރުއްވާފައި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.