ފުލުހުންގެ އެސްއޯޓީމެއް މިރޭ ދަންވަރު ފުލައިޓުގައި އައްޑޫސިޓީއަށް އަންނަ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިޓީމް އައްޑުއަށް އަންނަނީ އައްޑޫސިޓީގައި ހިނގާ މާރާމާރީތަކާއި އަދިވެސް އެފަދަ ކަންކަން ހުއްޓުވުމަށެވެ.
ވަރަށްފަހުން ވެސް ހިތަދޫގެ ދެ ގެއަކަށް ބަޔަކުވަދެ ވަނީ މާރާމާރީ ހިންގައިފައެވެ. އަދި އެއްގެއެއްގެ ބަދިގޭގައި ވަނީ ރޯކޮށްފައެވެ. އޭގެ އިތުރަށް އިތުރު ގެއަކާއި، ދެތިން ފިހާރައެއްގެ ބިއްލޫރިވެސް ވަނީ ތަޅައިފައެވެ.
ރާއްޖޭގައި އަމާންކަން ޤާއިމް ކުރައްވައި ސުލްހަ މަސަލަސްކަން ހިފެހެއްޓެވުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލީޙުގެ ވަޢުދެކެވެ.