މައްސަލަތައް ޙައްލުކުރަން އެންމެން މަސައްކަތް ކުރަންޖެހޭ: ނާއިބުރައީސް

ކަލަރ ރަންގައި ނާއިބު ރައީސް ބައިވެރިވެ ވަޑައިގަންނަވަނީ: ފޮޓޯ ރައީސް އޮފީސް

ދިވެހިރާއްޖޭގެ އެކި ދާއިރާތަކުގައި ހުރި މައްސަލަތައް ޙައްލު ކުރުމަށްޓަކައި އެންމެން ގުޅިގެން، އެކުގައި މަސައްކަތް ކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިޞަލް މިހެން ވިދާޅުވީ މިއަދު ހުޅުމާލޭގައި ބޭއްވި "އުރީދޫ ކަލަރ ރަން" ގެ އިވެންޓްގެ ތެރެއިން ދެއްވި ބަސްދީގަތުމެއްގައެވެ.

 ޒުވާނުންނާއި، ތުއްތު ކުދިންނާ އަދި އެކިއުމުރުފުރާގެ ބޭފުޅުންނަށްޓަކައި، އަމިއްލަ ކުންފުނިތަކުން ކުރައްވާ މަސައްކަތްތަކާއި، އިޖްތިމާޢީ ކަންތައްތައް ޙައްލުކޮށް އިޤްތިޞާދީ ގޮތުން ކުރިއެރުން ހޯދުމަށްޓަކައި ކުންފުނި ތަކުން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވައި، އެކަމަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި، މިސަރުކާރަކީ ރައްޔިތުންގެ ފޮނި އުއްމީދުތަކާއި ބޭނުންވާގޮތް ފުރިހަމަ ކުރުމުގައި ދެމިއޮންނާނެ ސަރުކާރެއް ކަމަށާއި، މިސަރުކާރުގެ ވިސްނުމަކީ އަބަދުވެސް ދިވެހި ރައްޔިތުން އެދޭ ގޮތަށް ކަންތައްތައް ކުރިއަށް ގެންދެވުން ކަމަށް ވިދާޅުވިއެވެ.

މިއަދުގެ "އޫރިދޫ ކަލަރ ރަން" ދުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ އަރިހުގައި ދައުލަތުގެ ބައެއް ވަޒީރުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.