މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އޮނަރަބްލަ ޢަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ހުކުރު ދުވަހު ހެނދުނު އިންޑިއާ އަށް ފުރައިވަޑައިގެންފިއެވެ. ފުރައިވަދައިގަންނަވަމުން މިނިސްޓަރ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންޑިއާ އާއި ރާއްޖޭެ ގުޅުން އިތުރަށް ބަދަހިވެ ހަރުދަނާ ވާނެ ފަދަ ކާމިިޔާބު މަޝްވަރާ ތަކެއް ކުރިއަށް ގެންދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައެވެ.
މި ދަތުރުފުޅުގައި މިނިސްޓަރ އޮފް ފައިނޭންސް އަޙްމަދް އަމީރް އާއި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ފައްޔާޒް އިސްމާޢީލް ބައިވެރިވެ ވަޑައިަގންނަވައެވެ.
ރައީސް ޢަބްދުﷲް ޔާމީން ޢަބްދުލްޤައްްޔޫމެގެ ސަރުކާރުގައި ޗައިނާ އާއި މާ ބޮޑަށް ގުޅުން ބދަހި ކުރެއްވުމުގެ ސަބަބުން އިންޑިއާ އާއި ރާއްޖެ އާއި ދެމެދު އޮތް ޒަމާންވީ ގުޅުމަށް ހީނަރުކަން އައިސްފައި ވެއެވެ. އަދި ރައީސް ޔާމީންގެ ވެރިކަން ބަދަލުވުމުގައި އެންމެ ބޮޑު އެހިތެރިކަމެއް ލިބުނީ އިންޑިއާ އިން ކަމަށް ރައިސް އަލްއުސްތާޒް މައުމޫން ޢަބްދުލްޤައްޔޫމް ވެސް ވަނީ ވިދާޅުޅުވެފައެވެ.
ރައީސް އިބްރާހީމް މުޙައްމަދް ޞާލިޙް ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ބަިއވެރިވެ ވަޑައިގެންނެވިއެވެ. ޣައުމެއްގެ އިސްވެރިއަކަށް އެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވެި ހަަމ އެކަނި ފަރާތަކީ މޯދީ އެވެ. ފުރައިވަޑައިގެނެވުމުގެ ކުރީން މޯދީ ވަނީ ރައީސް އިބްރާހީމް އާއި ބައްދަލު ކުރައްވައި ދެ ގައުމުގެ ގުޅހުން އިތުރަށް ހަރުދަނާ ކުރައްވާނެ ގޮަތްތަކާ މެދު މަޝްވަރާ ކުރައްވާފައެވެ. އަދި ރާއްޖޭގެ ޢުމްރާނީ ތަރައްގީ އާއި ޞިއްޙީ ދާއިރާ އަދި އިޤްތިޞާދީ ދާއިރާ ތަރައްގި ކުރުމަށް އެހީތެރިވެ ދެއްވާނެ ކަމަށް ވެސް މޯޑި ވަނީ ވިދާޅުވެފައެވެ.
މޯދީ ވަނީ ރައީސް އިބްރާހީމް އަށް އިންޑިއާ އަށް ވޑައިފެންނެވުމަށް ދަޢުވަތު އަރުވާފައެވެ. އަދި ރައީސް އިބްރާހީމް ވަނި މި ދަޢުވަތު ޤަބޫޅުފުޅުކުރައްވާފައެވެ.
Departing to India. I’m looking forward to very fruitful meetings which will further strengthen the ties of friendship and solidarity between our two countries and people.
— Abdulla Shahid (@abdulla_shahid) November 23, 2018