ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކޯލިޝަނުގައި ހިމެނޭ ހަތަރު ލީޑަރުން އެކުގައި ކެންޑިޑޭޓުން ނެރުމުގެ ވިސްނުން ހުރިނަމަވެސް ކޯލިޝަނުގެ މެދުގައި މަޖިލީހުގެ ދާއިރާތައް ބަހާނެގޮތެއް އަދި ނިންމާފައި ނެތް ކަމަށް އެމްޑީޕީގެ ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިހަންވަންދޫ ދާއިރާގެ މެމްބަރު މުޙަންމަދު އަބްދުﷲ އެމްޑީޕީއަށް ސޮއި ކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ އަންނަ އަހަރުގެ މާޗު މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކޯލިޝަނުގެ މެދުގައި ދާއިރާތައް ބަހާނެގޮތެއް ނިންމިފައި ނެތް ނަމަވެސް އެކަމާމެދު ކޯލިޝަނުގެ ހުރިހާ ބައިވެރިން އެކުގައި މަޝްވަރާތަކެއް ބާއްވާފައި އެބައޮތް ކަމަށެވެ.
ކޯލިޝަނުގައި ހިމެނޭ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީގެ އިތުރުން ކުރީގެ ރައީސް މައުމޫންގެ ފަރާތްޕުޅުންވެސް މަޖިލީހުގެ އިންތިޚާބަށް ކެންޑިޑޭޓުން ނެރެން ވަނީ ނިންމާފައެވެ. ކޯލިޝަނުގެ ބައިވެރިން ބުނެފައި ވަނީ މަޖިލީހުގެ އިންތިޚާބަށް ކެންޑިޑޭޓުން ނެރޭނީ ކޯލިޝަނުގެ ތާއީދާއެކު ކަމަށެވެ.
majuleehuge dhaairaa thah paaty thakugai bahaakah nujehey