ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު ގެ މަޤާމަށް އަޙްމަދް ނަސީމް އައްޔަން ކުރައްވައިފިއެވެ. މިނިސްޓަރ އެތް ދަ ޕްރެޒިޑެންޓްސް އޮފީސްގެ މަޤާމަށް އަޙްމަދް ނަސީމް އައްޔަން ކުރައްވައި ފަތްކޮޅު ދެއްވީ ރައީސް އޮފީހުގައި އަންގާރަ ދުވަހު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދް ޞާލިހް އެވެ.
އަޙްމަދް ނަސީމް އަކީ ރައީސް މުހައްމަދް ނަޝީދުގެ ސަރުކާރުގައި ފޮރިން މިނިސްޓަރުގެ މަޤާމު އަދާކުރައްވާފއިވާ ބޭފުޅެކެވެ.