ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ކެބިނެޓް ހުވައި ކުރައްވައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލީހުގެ ކެބިނެޓް ހުވައި ކުރައްވައިފިއެވެ. ކެބިނެޓުގެ ވަޒީރުންނަށް މަޤާމުގެ ހުވައި ލައިދެއްވީ ރާއްޖޭގެ އުއްތަމަފަނޑިޔާރު ޑރ. އަޙުމަދު ޢަބްދުﷲ ދީދީއެވެ. ވަޒީރުންގެ މަޖިލީހުގެ މެމްބަރުން ހުވައި ކުރެއްވުމަށްފަހު އެބޭފުޅުންވަނީ އިޤުރާރުގައި ސޮއި ކުރައްވައިފައެވެ.

ވަޒީރުންގެ މަޖިލީހުގެ މެމްބަރުން ހުވައި ކުރައްވައި އިޤުރާރުގައި ސޮއި ކުރެއްވުމަށްފަހު ދެން ހުވައި ކުރެއްވީ ދައުލަތުގެ ބަންޑާރަނާއިބު ރިފްޢަތުގެ ހުވައި ކުރެއްވުމެވެ. އެމަނިކުފާނަށް ވެސް ހުވައި ލައިދެއްވީ އުއްތަމަ ފަނޑިޔާރެވެ.

އެބޭފުޅުން އިޤުރާރުގައި ސޮއިކުރެއްވުމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ އެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ޙަވާލުކޮށް ދެއްވައިފައެވެ.

ރައީސް ޞާލިޙުގެ ކެބިނެޓް

މިނިސްޓަރ އޮފް އެންވަޔަރަންމެންޓް- ޑރ. ޙުސައިން ރަޝީދު ޙަސަން

މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް- އަޙުމަދު މަޙުލޫފް

މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ- ޒަހާ ވަޙީދު

މިނިސްޓަރ އޮފް އިކޮނޮމިކް އެންޑް ޑިވެލޮޕްމަންޓް- ފައްޔާޒް އިސްމާއިލް

މިނިސްޓަ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސް- ޝިދާތާ ޝަރީފް

މިނިސްޓަރ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް- އައިމިނަތު އާތިފާ

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް- ޑރ. އަހުމަދު ޒާހިރު

މިނިސްޓަރ އޮފް ފޮރިން އެފެއާޒް- އަބްދުﷲ ޝާހިދު

މިނިސްޓަރ އޮފް ޑިފެންސް- މާރިޔާ އަހުމަދު ދީދީ

މިނިސްޓަރ އޮފް ހޯމް އެފެއާޒް- އިމްރާން އަބްދުﷲ

މިނިސްޓަރ އޮފް ފިނޭންސް- އިބްރާހިމް އަމީރު

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރު- މުހައްމަދު އަސްލަމް

މިނިސްޓަރ އޮފް ހަޔާ އެޑިއުކޭޝަން- ޑރ. އިބްރާހިމް ހަސަން.

މިނިސްޓަރ އޮފް ހެލްތު- އަބްދުﷲ އަމީން

މިނިސްޓަރ އޮފް ޓްރާންސްޕޯޓް- އާއިޝަތު ނަހުލާ

މިނިސްޓަރ އޮފް ހެރިޓޭޖް- ޔުމްނާ މައުމޫން

މިނިސްޓަރ އޮފް ޓޫރިޒަމް- އަލީ ވަހީދު

ބަންޑާރަ ނައިބު- އިބްރާހިމް ރިފްއަތު

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަޤާމަށް އައްޔަން ކުރެއްވީ ޢަދާލަތު ޕާޓީގެ ނާއިބު ރައީސް ޢަލީ ޒާހިރެވެ. އަދި ރައީސް އޮފީހުގެ މިނިސްޓަރު ކަމުގެ މަޤާމަށް ޢަލީ ޝިޔާމް ވެސް މިރޭ ވަނީ އައްޔަން ކުރައްވައިފައެވެ. މިބޭފުޅުން މި މަޤާމްތަކަށް އައްޔަން ކުރެއްވީ މިނިސްޓަރުންގެ ފެންވަރުގައެވެ.

ރައީސް އޮފީހުގެ އެހެނިގެން މަޤާމްތަކަށް އައްޔަން ކުރައްވައިފައިވަނީ ކެބިނެޓް ސެކްރެޓަރީ ކަމަށް އަޙުމަދު ޙަސަން ދީދީ، ޕޮލިސީ ސެކްރެޓަރީ ކަމަށް އައިމިނަތު ޝައުނާ، ލީގަލް ކައުންސިލް ޓުދަ ޕްރެޒިޑެންޓު ކަމަށް އަޙުމަދު ޢަބްދު ޢަފީފް، ކޮމިޔުނިކޭޝަން ސެކްރެޓަރީ ކަމަށް ޙަސަން އިސްމާޢީލް، ފޮރިން ރިލޭޝަން ސެކްރެޓަރީ ކަމަށް ޞަބްރާ ނޫރައްދީނެވެ.

މިބޭފުޅުން އެ މަޤާމްތަކަށް އައްޔަން ކުރައްވައިފައިވަނީ ސްޓޭޓު މިނިސްޓަރުންގެ ފެންވަރުއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.