ޓުވިޓަރ އަށް އަދާހަމައެއް އިތުރުކޮށްފި

ޓުވިޓަރގެ ސާޗް ޓެބް އަދާހަމަކޮށް އާއްމުކޮށްފިއެވެ. މި އަދާހަމަ އަކީ ޓުވިޓަރ ގެ ސާޗް ޓެބަށް ގެނެވުނު އަދާހަމައެކެވެ. މި އަދާހަމަ އަދި ލިބޭނީ އައިއޯއެސް އިން ޓުވިޓަރ ބޭނުންކުރާ ޓުވިޓަރުންނަށެވެ.  

މީގެ ކުރީން އައިއޯއެސް އެޕުން ޓުވިޓަރުންނަށް އެއިރަކު ޓްރެންޑްވާ މައުޟޫއުތަކުގެ ލިސްޓެއް ފެންނަނީ މަތިން ތިރިއަށް ސްކްރޯލްކޮށްގެންނެވެ. ނަމަވެސް މިއަދުން ފެށިގެން މަގްބޫލު ޓުވީޓުތަކާއި ޚަބަރާއި އެހެނިހެން ގިންތި ފެންނަ ގޮތަށް ވާތުން ކަނާތަށް ޓެބްތަކެއް ވަނީ އިތުރުކޮށްފައެވެ.

މިސާލަކަށް 'ފޯރ ޔޫ' (ތިބާ އަށް) މި ސެކްޝަންގައި  ހިމަނާފައި ހުންނާނީ އެޓުވިޓަރަކަށް އެންމެ މުހިއްމުވާނެ ކަމަށް ޓުވިޓަރ އަށް ފެންނަ ޓުވީޓުތަކެވެ. އޭގެ އިތުރުން ޚަބަރު، ކުޅިވަރު، ހެއްވާ، މުނިފޫހިފިލުވުން އަދި އިތުރު ބައިތަކެއް ވަނީ ހިމަނާފައެވެ.

އައިއޯއެސް އެޕްގެ އިންޓަރފޭސް އަށް މިއަދު މިބަދަލު ގެނައި ނަމަވެސް މި އަދާހަމަ އަދި ލިބޭނީ ހަމައެކަނި އެމެރިކާގައި ދިރިއުޅޭ ޓުވިޓަރުންނަށެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.