ސްރީލަންކާގެ ގާނޫނުހަދާ މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވަނީ

ސްރީލަންކާގެ ސުޕްރީމް ކޯޓުގެ ކުރިމަތީގައި ފުލުހުން މިއަދު ފޯރިމަރަނީ

ސްރީލަންކާގެ ގާނޫނުހަދާ މަޖިލިސް އުވާލައި، އަންނަ ޖަނަވަރީ މަހުގެ 5 ވަނަ ދުވަހު އާއްމު އިންތިޚާބު ބޭއްވުމަށް ރައީސު މައިތުރިޕާލާ ސިރިސޭނާ ނެރުއްވި އަމުރު އެގައުމުގެ ސުޕްރީމް ކޯޓުން ބާޠިލުކުރުމާ ގުޅިގެން މާދަމާ ގާނޫނުހަދާ މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.
ގާނޫނުހަދާ މަޖިލީހުގެ މީޑިއާ ޔުނިޓުން ބުނި ގޮތުގައި، ސުޕްރީމް ކޯޓުގެ މިއަދުގެ އަމުރާ ގުޅިގެން 14 ނޮވެންބަރު 2018 ވަނަ ދުވަހުގެ ހެނދު 10:00 ގައި ޖަލްސާއެއް ބާއްވަވާނެކަން މަޖިލީހުގެ ރައީސު ވަނީ އަންގަވާފައެވެ.
"04 ނޮވެންބަރު 2018 ގައި އިއްޒަތްތެރި ރައީސުު ނެރުއްވައި ގެޒެޓުގައި ޝާއިއުކުރެވުމު އަމުރު ނަންބަރު 2095/50 ގައި ވާގޮތަށް، 14 ނޮވެންބަރު 2018 ވަނަ ދުވަހު ހެނދުނު 10:00 ޖަލްސާއެއް އޮންނާނެކަން މަޖިލީހުގެ އިއްޒަތްތެރި ރައީސު މެންބަރުންނަށް އަންގަވައެވެ." މީޑިޔާ ޔުނިޓުން ބުނެފައި ވެއެވެ.
އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މަގާމުން ދުރުކުރެއްވުމަށް ފަހު ރައީސު ސިރިސޭނާ ފުރަތަމަ ގާނޫނުހަދާ މަޖިިލިސް ހުއްޓުވާލެއްވީ ނޮވެންބަރު މަހުގެ 16 ވަނަ ދުވަހާ ހަމައަށެވެ. އެހެންނަމަވެސް، ފަހުން 14 ވަނަ ދުވަހު މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް އެންގެވުމަށް ފަހު، ދެން މަޖިލިސް އުވާލުމުގެ އަމުރު ނެރެއްވިއެވެ.
ރަނިލް ވިކްރަމަސިންހަގެ ޕާޓީ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އަށް ތާއީދުކުރާ ފަރާތުން ހުށަހެޅި ޕެޓިޝަންތަކާ ގުޅީގެން ސުޕްރީމް ކޯޓުން މިއަދު ނެރުއްވި ވަގުތީ އަމުރުގައި ވަނީ ރައީސު ސިރިސޭނާ ނެރެއްވައި ގެޒެޓްކުރެވުނު އަމުރަށް އަމަލުކުރުން ހުއްޓުވައި، 5 ޖަނަވަރީގައި އާއްމު އިންތިޚާބު ބޭއްވުމާ ގުޅޭ ހުރިހާ ކަމެއް ހުއްޓާލުމަށް ވަނީ އަމުރުކޮށްފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.