މެލޭޝިއާއަށްދާ ދިވެހިންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ

މެލޭޝިއާގެ ބޮޑުވަޒިރާއި ރައީސް ޔާމީން
މެލޭޝިއާގެ ބޮޑުވަޒިރާއި ރައީސް ޔާމީން
މެލޭޝިއާގެ ބޮޑުވަޒިރާއި ރައީސް ޔާމީން

މެލޭޝިއާއަށްދާ ދިވެހިންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ދޭން އެޤައުމުން ނިންމައިފިއެވެ.

މިނިންމުމާ އެއްގޮތަށް މާދަމައިން ފެށިގެން އަމަލުކުރަން ފަށާނޭކަމަށް މެލޭޝިއާގެ ސަރުކާރުންވަނީ ހާމަކޮށްފައެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވާގޮތުގައި 90 ދުވަހުގެ އޮން އެރައިވަލް ވިސާ ދިވެހިންނަށް ދޭން މެލޭޝިއާސަރުކާރުން ނިންމާފައިވާކަން އެގައުމުގެ ސަރުކާރުން ދިވެހި ސަރުކާރަށް މިހާރު ވަނީ އަންގަވާފައެވެ.

 

މީގެކުރިން މެލޭޝިއާއިން އޮން އެރައިވަލް ވިސާގެ ގޮތުގައި ދިވެހިންނަށް ދެނީ 30 ދުވަހުގެ މުއްދަތެކެވެ. އޮންއެރައިވަލް ވިސާ 90 ދުވަހަށް އިތުރުކުރަން ދިވެހިސަރުކާރުން މެލޭޝިއާ ސަރުކާރާއެކު މަޝްވަރާކޮށްފައިވަނީ، މިދިޔަ މާޗް މަހު ރައީސް އަބްދުﷲ ޔާމީން މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.