ތިނަދޫ ފަޔަރސްޓޭޝަންގެ އައު ޢިމާރާތް ހުޅުވައިފި

ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގައި ޢިމާރާތްކުރި އައު ފަޔަރސްޓޭޝަންގެ ޢިމާރާތް މިއަދު ހުޅުވައިފިއެވެ.

ތިނަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފަޔަރސްޓޭޝަންގެ ޢިމާރާތް ހުޅުއްވައި ދެއްވީ މިނިސްޓްރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓްރު ވިދާޅުވީ ތިނަދޫގައި ހުޅުވިގެން މިދިޔަ ފަޔަރ ސްޓޭޝަންގެ އައު ޢިމާރާތާ ގުޅިގެން ހުވަދުއަތޮޅުގެ ރައްޔިތުންނަށާއި އެމްއެންޑީއެފް ސަދަން އޭރިއާގައި ހިމެނޭ އަތޮޅުތަކުގެ ރައްޔިތުންނަށް އެތަކެއް ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. މީގެ އިތުރުން ފަޔަރ ސްޓޭޝަން ޤާއިމް ކުރުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ކޮށްފައިވާ ބުރަ މަސައްކަތް ފާހަގަކުރައްވައި ސިފައިންނަށް ވަނީ ޝުކުރުއަދާކުރައްވާފައެވެ.

ގދ.ތިނަދޫގައި އިމާރާތްކުރި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރސްޓޭޝަންގެ އައު އިމާރާތް ހުޅުވުމުގެގޮތުން ބޭއްވި ރަސްމިއްޔާތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަރ ކާނަލް ޢަބްދުﷲ އިބްރާހީމާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ކޮމާންޑަރ ކާނަލް ޢަބްދުﷲ ޒުހުރީއާއި އެހެނިހެން ރޭންކުތަކުގެ ސިފައިން ބައިވެރިވެލެއްވި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.