ދިވެހި ސަރުކާރުން ލަންކާއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ސަފީރު ކަމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
އާފަތިހަށް މަޢުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ އިސްތިއުފާ ދެއްވީ ރައީސް ޔާމީންގެ ސަރުކާރުގެ ދައުރު ހަމަވެ އައުސަރުކާރެއް އަންނަން ތައްޔާރުވެފައިވާތީ ކަމަށެވެ.
"ޕީޕީއެމްގެ ސަރުކާރު މިނިމެނީ ނޫންތޯ. އައު ސަރުކާރުކާރުގައި ހުންނާކަށް ބޭނުމެއްނޫން ވަކިކުރަންދެން،" މުންދު ވިދާޅުވިއެވެ.
އެނާ މަސައްކަތް ކުރެއްވީ ރައީސް ޔާމީންގެ ސަރުކާރުގައި ކަމަށާއި އައުސަރުކާރުގައި މަސައްކަތް ކުރެއްވުމުގެ ވިސްނުމެއްނެތް ކަމަށް ވެސް ވިދާޅުވިއެވެ. "އަޅުގަނޑު މަސައްކަތް ކުރީ ރައީސް ޔާމީންގެ ސަރުކާރަށް. އައު ސަރުކާރުގައި މަސައްކަތް ކުރުމުގެ ގަސްތެއް އަޅުގަނޑުގެނެތް،" މުންދު ވިދާޅުވިއެވެ. މުންދު އަކީ ޕީޕީއެމްގެ ސެކްރެޓަރީޖެނެރަލް ވެސް މެއެވެ.
މުޙައްމަދު ޙުސައިން ޝަރީފްވަނީ ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ކަމުގެ އިތުރަށް ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަން ވެސް ކުރައްވައިފައެވެ.
Aa sarukaarun. Vazeefa. Eh nuves dhey ne ennu