ރައީސް ނަޝީދު މާލެ ވަޑައިގެންފި

ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާއި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީ ހއ. ދިއްދުއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ.

ނަޝީދުގެ ދެކަނބަލުން ދިއްދުއަށް މިކުރެއްވި ދަތުރުފުޅަކީ އެރަށުގައިތިބި އެމްޑީޕީގެ މެމްބަރުންނާއި ރައީސް ނަޝީދުގެ ސަޕޯޓަރުންނާ ބައްދަލު ކުރެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ.

މިދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެރަށުގައި އެމްޑީޕީގެ އޮފީހެއް ހުޅުވައި ދެއްވައިފައެވެ. އަދި އެރަށުގެ ޖަޒީރާ ޕާކުވެސް ހުޅުއްވައި ދެއްވިއެވެ. މީގެ އިތުރަށް އެރަށުގައި ޢިމާރާތް ކޮށްފައިވާ ފުލެޓުތައް ބައްލަވައި ލެއްވުމާއި އެރަށުގެ ބައެއް ސަރަޙައްދުތަކަށް އެމަނިކުފާނުވަނީ ޒިޔާރަތް ކުރައްވައިފައެވެ.

އެމްޑީޕީގެ ނާއިބު ރައީސް މުޙައްމަދު ޝިފާޒު ވިދާޅުވީ އިބްރާހީމް މުޙައްމަދު ޞާލިޙު ރައީސްކަމުގެ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތަށްފަހު ރައީސް ނަޝީދު އިތުރު ރަށްރަށަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލު ކުރައްވާނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.