ދިޕިކާ އާއި ރަންވީރު ކައިވެންޏަށް އިޓަލީ އަށް ފުރައިފި

ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންހްގެ ކާވެނީގެ ތައްޔާރީތައް ނިމި ކާވެންޏަށް އިޓަލީ އަށް ފުރައިފިއެވެ. މި ކާވެނި އޮންނާނީ އިޓަލީގެ ލޭކް ކޯމޯ ގައި މިމަހުގެ 14 އިން 15 އަށެވެ. މި ދެތަރީން ލޯބީގެ ގޮތުން ގުޅިފައިވަނީ 2013ވަނަ އަހަރު ސަންޖޭ ލީލާ ބާންސާލީގެ 'ރާމްލީލާ' ގެ ޝޫޓިން ތެރެއިންނެވެ.

ހޮނިހިރު ދުވަހު ދަންވަރުގެ ވަގުތެއްގައި ރަންވީރާއި ދީޕިކާ އިޓަލީ އަށް ފުރާފައިވަނީ ރަންވީރުގެ އާއިލާ އާއެކުއެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުން މި ދެތަރީން އެނބުރި އިންޑިއާއަށް ގޮސް ނޮވެންބަރު މަހުގެ 21ވަނަ ދުވަހު ބެންގަލޫރްގައި ރިސެޕްޝަނެއް ބާއްވާނެެއެވެ. އަދި ޑިސެންބަރު މަހުގެ ފުރަތަމަ ދުވަހު މުމްބާއީގައި ފިލްމް އިންޑަސްޓްރީގެ އެކުވެރީންނަށް ރިސެޕްޝަނެއް ބާއްވާނެެއެވެ.

އިޓަލީގައި އޮންނާ ކާވެނިީގެ ހަފްލާ އަށް ދައުވަތު ދީފައިވަނީ ފިލްމު އިންޑަސްޓްރީގެ ތިން މީހަކަށް ކަމަށް ވެއެވެ.އޭގެ ތެރޭގައި ސަންޖޭ ލީލާ ބާންސާލީ ހިމެނޭ ކަމަށް ބައެއް ޚަބަރުތައް ބުނެއެވެ.

މަޝްހޫރު ބިލިއަނަރު އަމްބާނީގެ ދަރިފުޅުގެ އެންގޭޖްމެންޓް އަދި އަނުޝްކާ ޝަރްމާ އާއި ވިރާތް ކޯލީގެ ކާވެނި ވެސް ބާއްވާފައިވަނީ އިޓަލީގެ ލޭކް ކޯމޯ ގައެވެ.

 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.