ޙާލު ގޯސްވެ އެމެޖެންސީގައި އަދީބަށް ފަރުވާ ދެއްވަމުންގެންދަވާ ކަމަށް އަނބިކަނބަލުން ވިދާޅުވެއްޖެ

ކުރީގެ ނައިބް ރައީސް އަޙްމަދް އަދީބްގެ ޙާލު ގޯސްވެ އެމަޖެންސީގައި ފަރުވާ ދެއްވަމުން ގެންދަވާ ކަމަށް އެމަނިކުފާނުގެ އަނބިކަނަބަލުން މަރިޔަމް ނަޝްވާ ވިދާޅުވެއްޖެއެވެ.އަދީބު އެޑްމިޓްކޮށް ފަރުވާ ދެއްވަމުން ގެންދަވަނީ ކިޑްނީ މައްސަލައެއްގައި ކަމަށް ޚަބަރު ލިބެއެވެ.

އަދީބުގެ ހާލު ބެއްލެވުމަށް އައިޖީއެމްއެޗްގެ އެމެޖެންސީ އަށް ވެންނެވުމުގެ ފުރުސަތު ފުލުހުން ނުދެއްވިކަމަށް ވިދާޅުވެ އަދީބުގެ ވަކީލު މޫސާ ސިރާޖު ވަނީ ޓުވީޓު ކުރައްވާފައެވެ. އަދީބު ވަކީލު ވިދާޅުވި ގޮތުގައި އެޑްމިޓްކޮށްގެން ފަރުވާދެއްްވަން ޖެހިވަޑައިގަތީ ޑރ. ގެ ލަފައާއި ޚިލާފަށް ބޭސްފަރުވާ އިން މަޙްރޫމް ކުުރުމުގެ ނަތީޖާ އެވެ. ސިރާޖު ވިދާޅުވިގޮތުގައި ބޭސްފަރުވާާގެ ހައްގަށް އަރައިގަނެވިގެން ނުވާނެއެވެ. އަދި އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު ނޭޅިއްޖެނަމަ މާދަމާ މިފަދަ ހާދިސާއެއް އެއް ކޮންމެ މީހަކަށްވެސް ދިމާވެދާނެ ކަމަށް ސިރާޖު ވިދާޅުވިއެވެ.

އަދީބަށް ޞިއްޙީ ތަފާތު މައްސަލަތައް ދިމާވަމުންދާ ކަމަށް ވިދާޅުވެ އަނބިކަނބަލުންނާއި ލޯޔަރުން ދަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. ކިޑްނިގައި ހިލަ އުފެދުމުގެ އިތުރަށް އަދީބަށް ވަނީ ލޮލުގެ މައްސަލައަކަށްވެސް ފަރުވާ ހޯއްދަވަމުންދާ ކަމަށް އެބޭފުޅުން ވިދާޅުވެފައިވެއެވެ. އަދީބުގެ އާއިލާ އިން ވަނީ ރާއްޖެއިން ބޭރަށް ބޭސްފަރުވާ އަށް ވަޑައިގެންނެވުމުގެ ހުއްދައަށް އެދިވަޑައިގެންފައެވެ. ނަމަވެސް މިހާތަނަށް އަދި ހުއްދަ ދެއްވާފައެއް ނުވެއެވެ.

އަދީބުގެ އާއިލާގެ ބޭފުޅަކު ވަނީ ކެންސަރު ބަލީގައި ނިޔާވެފައެވެ. އެހެން ކަމުން ކެންސަރަށް ސްކްރީން ކުރެއްވުމެއް ނެތި އިންޖެކްޝަނެއް ދެއްވާން އުޅުއްވި ކަމަށް ވިދާޅުވެވެސް ނަޝްވާ ވަނީ ބުދަ ދުވަހު ޓުވީޓުކުރައްވާފައެވެ. ނަޝްވާ އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ގްލޯކޯމާ އަށް ވެސް ދޭން އޮންނަ ފަރުވާ ދިނުމުގެ ބަަލުގައި ލޮލަށް ބޭސް އަޅައިގެން އަދީބުގެ ލޮލުގެ ފެނުންވަނީ އިތުރަށް ގޯސްވެފައެވެ. އެހެންކަމުން ޑޮކްޓަރުންގެ ލަފައާއި އެއްގޮތަށް ކިޑްނީ ހިލަ އާއި އެތެރެހަށީގައި އުފެދިފައިވާ ސިސްޓަށް ފަރުވާ ނުދެއްވަނީ ކީއްވެތޯވެސް ނަޝްވާ ވަނީ ސުވާލުކުރައްވާފައެވެ.    

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.