އައްޑޫ ހޮސްޕިޓަލުގެ މަސައްކަތަށް އެއްބާރުލުން ދޭނެ: ރައީސް ނަޝީދު

ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އައްޑޫގައި ސާކްސަމިޓް ބޭއްވުމަށް 2011 ވަނަ އަހަރު ހުޅުވި ކޮންވެންޝަން ސެންޓަރު ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް ރައީސް ޔާމީންގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތް ހުއްޓުވުމުގެ ބަދަލުގައި ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރުން އެކަމަށް އެއްބާރުލެއްވުން ދެއްވާނެ ކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީއަށް ވަޑައިގެން ފޭދޫގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ އެބޭފުޅުންނަކީ ހަލާކު ކުރައްވާ ބޭފުޅުން ނުންކަމަށެވެ. "އަޅުގަނޑުމެންނަކީ ހަލާކު ކުރާ ބައެއް ނޫން. އަޅުގަނޑުމެންނަކީ ބިނާކުރާ ބައެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމީން ފެއްޓެވި މަސައްކަތް ބުއްދިވެރި ކަމެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.

"ރައީސް ޔާމީން އެކުރައްވަން ފެއްޓެވި މަސައްކަތް އަލުން ބަދަލުކުރުމަކީ އަޅުގަނޑުގެ ނަޒަރުގައި ބުއްދިވެރި ކަމެއް ނޫން. ދެން އެ ކޮންވެންޝަން ސެންޓަރަކީ ހޮސްޕިޓަލް ނޫން ތަނެއްގެ ގޮތުގައި ހަދަން އަޅުގަނޑަށް ނުފެނޭ. މިހާރު ކުރިޚަރަދު ބޭކާރު ކުރުމަކީ އަޅުނގަޑުމެން އެކަކަށް ވެސް ރަނގަޅު ގޮތެއް ނޫން. ކޮންވެންޝަން ސެންޓަރެއް އަޅުގަނޑުމެން ބޭނުންނަމަ އާ ސެންޓަރެއް އަޅާނީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ކޮންވެންޝަން ސެޓަރަކީ ވަރަށް ވަރުގަދައަށް ރީތިކޮށް ހަދައފައިވާ ތަނެއް ކަމަށެވެ. އެތަނުގެ ވަރުގަދަކަމުގެ ސަބަބުން ރައީސް ޔާމީނަށް އެތަން އެއްކޮށް ހަލާކު ނުކުރެވުނު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.