ރައީސް ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ރައީސާ ބައްދަލު ކުރައްވައިފި

ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަމަށް އަލަށް ހޮވިވަޑައިގެންނެވި މާމިގިލީދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމާ ބައްދަލު ކުރައްވައިފިއެވެ.

މިއަދު ހެނދުނު މި ބައްދަލު ކުރެއްވުންއޮތީ ރައީސް ނަޝީދުގެ ގެކޮޅު ކެނެރީގޭގައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މި ބައްދަލު ކުރެއްވުމުގައި ދެބޭފުޅުން މަޝްވަރާ ކުރައްވައިފައިވަނީ ކޮންކަމާ ކަމެއް އެނގިފައެއް ނުވެއެވެ.

ރައީސް ނަޝީދު ރާއްޖެއިން ބޭރުގައި ތިން އަހަރެއްހާ ދުވަހު އުޅުއްވުމަށްފަހު އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވީ ނޮވެމްބަރު އެކެއްގައެވެ. ޤައުމަށް ވަޑައިގެން އެމަނިކުފާނު ގެންދަވަނީ ސިޔާސީ ބައެއް ލީޑަރުންނާ ބައްދަލު ކުރައްވަމުންނެވެ.

އެމަނިކުފާނު ބައްދަލު ކުރެއްވި ބޭފުޅުގެ ތެރޭގައި ޤާސިމް އިތުރަށް ކުރިއަށް އޮތް ފަސް އަހަރަށް ވެރިކަމަށް އިންތިޚާބު ކުރައްވައިފައިވާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ޢަދާލަތު ޕާޓީގެ ރައީސް އައްޝައިޚް ޢިމްރާން ޢަބްދުﷲ ހިމެނި ވަޑައިގަންނަވައެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. ކޮން ގެކޮޅެއްތަ ތިޔަ ލިޔަނީ ނަޝީދުގެ ގޭގައޭ ލިޔުނަކަސް އޭނާއަށްދެވޭ އިހްތިރާމެއް ކުޑައެއްނުވާނެ ތޯއްޗެ ގެކޮޅު ކާރު ކޮޅު ކިޔާ ޒަމާން ފާއިތުވެއްޖެ މިހާރަކު ބޭފުޅިޒަމްއެއްނެތެއްނޫންތޯ ދެން ހަމަ ގޭގަޔޭ ލިޔުނިއްޔާ ކިޔާލާ މީހާގެ ބޮލަށް ފަސޭހަވާނެ ކުރީގެ ރައިސް ނަޝީދޭ ލިޔުނީމަ އެއޮތީ އޭނާއަށްދޭންވާ އިހްތިރާމް ދެވިފަ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.