މަހުލޫފް ބަންދުކުރީ ޤާނޫނާ ޚިލާފަށް: ކައިކޯޓު

ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައިވަނިކޮށް ފެބުރުއަރީ 22 ވަނަ ދުވަހުގެރޭ، ގަލޮޅު ދެކުނުދާއިރާގެ މަޖިލިސް މެމްބަރު އަޙުމަދު މަހުލޫފް ބަންދުކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ހައިކޯޓުން މިއަދު ޙުކުމް ކުރައްވައިފިއެވެ.

ސްޕްރީމްކޯޓުން މިއަހަރުގެ ފެބުރުއަރީ 1 ގައި ނެރުނު އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރައްވައިފައިވަނިކޮށް މަހުލޫފް ބަންދުކޮށްފައިވަނީ މާސްކް ބަހަން އުޅެނިކޮށް އެމްޑީޕީ ހަރުގެ ސަރަޙައްދުންނެވެ. އެސަރަޙައްދުގައި އޭނާ މާސްކު ބަހަން އުޅުނީ އެރޭ އެ ސަރަޙައްދަށް އެއްވި މީހުންނަށެވެ.

މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ މަހުލޫފް ބަންދުކުރުމަށް އަމުރެއް ނެރެފައެވެ. އެ އަމުރު މަހުލޫފުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އަޑުއެހުން ތަކަށްފަހު ހައިކޯޓުން މިއަދު ނިންމެވީ މަހުލޫފް ބަންދުކުރެއްވީ މަޖލީހުގެ މެމްބަރުންނަށް ލިބިގެންވާ އިމްތިޔާޒުގެ ޤާނޫނުން ބޭރުން ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.