އިއްތިހާދުގެ ސަރުކާރު ކާމިޔާބުކުރުމަށް ރައީސް ނަޝީދުގެ އެހީތެރިކަން ވަރަށް މުހިއްމު: ރައީސް މައުމޫން

ކޯލިޝަން ސަރުކާރު ކާމިޔަބު ކަމާއެކު ދަމަހައްޓާން ރައީސް ނަޝީދުގެ އެހީތެރިކަން ވަރަށް މުހިއްމު ކަމުގައި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މާލެ ވަޑައިގެންނެވުމުން މަރުހަބާ ދެންނެވުމަށް ރައީސް މައުމޫން ކުރެއްވި ޓުވީޓުގައި ނަޝީދަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައިވެއެވެ.

އެގޮތުން ނަޝީދަކީ ތަޞައްވުރެއް ގެންގުޅުއްވާ ހިތްވަރު ގަދަ ލީޑަރެއްކަން ފަހަގަކުރައްވާފައިވެއެވެ. އެހެންކަމުން އިބްރާހިމް މުޙައްމަދު ޞާލިޙް އިސްކޮށް ހުންނަވާ ކޯލިޝަން ސަރުކާރަކީ ކާމިޔާބު ސަރުކާރަކަށް ހެއްދެވުމަށް ރައީސް ނަޝީދު ފަަަދަ ލީޑަރެއްގެ އެހީތެރިކަން ބޭނުންފުުޅުވާނެ ކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ. އަދި އަރުވާލެވިގެން ހިތްދަތި ދުވަސްތަކެއް ހޭދަކުރެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންނެވުމުން ހޫނު މަރުޙަބާއެއް ދަންނަވާފައިވެއެވެ.

ކުރީގެ ފޮރިން މިނސްޓަރ ދުންޔާ މައުމޫން ވަނީ ކޮލޮމްބޯ އެއަރޕޯޓުން ރައީސް ނަޝީދް އާއި އަނބިކަނބަލުން ލައިލާ އާއި ބައްދަލުކުރައްވާފައެވެ. އަދި ބައްޕާފުޅަށް ވެދެއްވި އެހީތެރިކަމަށް ދުންޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. ދުންޔާ ވިދާޅުވެފައިވަނީ ކުރީގެ ލީޑަރުން ގައުމަށް ކޮށްދެއްވާފައިވާ ޚިދްމަތްތަކާ މެދު ފަޚުރުވެރިވާ ބަޔަކު ދިރިއުޅޭ ގައުމަކަށް އަޅުގަނޑުމެން ވާންވަނެއެވެ. އަދި ލީޑަރުން ރައްޔިތުންނަށް ޖަވާބުދާރީވެ ވަޑަައިގަންނަވާން ޖެހިވަޑައިގަންނަވާނެ ކަމަށާއި ޑިމޮކްރެސީ ނަގަހައްޓަން މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށްވެސް ދުންޔާވަނީ ވިދާޅުވެފައެވެ.

ޔުމްނާ މައުމޫން ވެސް ވަނީ ރާއްޖޭއިން ބޭރުގައި ހުންނެވުމުން ރައީސް ނަޝީދަށް މަރްހަބާ ދަންނަވަން ވަޑައިނުގެންނެވޭނެ ކަމަށް ވިދާޅުވެ ޓުވީޓުކުރައްވާފައެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.