މަސީޙުގެ އިތުބާރުނެތް ކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާ ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙުގެ އިތުބާރުނެތް ކަމުގެ ވޯޓު ނެގުމުގެ މައްސަލަ ކުރިއަށް ގެންދިޔުމަށް މަޖިލީހުގެ ޢާއްމު ކޮމިޓީން ފާސްކޮށް އެކަމަށް ޚާއްސަ ޖަލްސާއެއް މާދަމާރޭ ބޭއްވުމަށް މަޖިލީހުން ނިންމަވައިފިއެވެ.

މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙުގެ އިތުބާރުނެތް ކަމުގެ މައްސަލަ 2017 ވަނަ އަހަރު ޖުލައިމަހު 3 ވަނަ ދުވަހު މަޖިލީހަށް ވެއްދިއެވެ. އެހެންނަމަވެސް އެފަދަ މައްސަލައެއް ވެއްދުމުގެ ޤާނޫނީ ޢަދަދު ހަމަވާވަރަށް މެމްބަރުން ސޮއިކުރައްވައިފައި ނުވާ ކަމަށް ނިންމަވައި އެމައްސަލަ ވަނީ މަޖީލިހުން ބޭރުކޮށްފައެވެ. އެގޮތަށް ނިންމެވީ އެ މައްސަލައަށް ތާއީދު ކުރެއްވި 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނަޑައެޅުމުންނެވެ. އެހެންނަމަވެސް އެމެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސްޕްރީމް ކޯޓުން ޙުކުމް ކުރެއްވުމުން ޢާއްމު ކޮމިޓީންވަނީ އެ މައްސަލަ ޞައްޙަ ކަމަށް ނިންމަވައި އެކަން ކުރިއަށް ގެންދިޔުމަށް މިއަދު ނިންމަވައިފައެވެ.

ޢާއްމު ކޮމިޓީން މިގޮތަށް ނިންމެވުމުގެ ކުރިން މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކު ވިދާޅުވެފައިވަނީ މަސީޙު ވަނީ އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފައި ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.