ވޭމަންޑޫގައި ސްކިލް ޑިވެލޮޕްމެންޓް ޕްރޮގްރާމެއް ފަށައިފި

ކޮޅުމަޑުލު ވޭމަންޑޫގައި ސްކިލް ޑިވެލޮޕްމެންޓް ޕްރޮގްރާމެއް ފަށައިފިއެވެ. އިއްޔެ ފެށި މި ޕްރޮގްރާމަކީ 3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މިއީ ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އާއި ކޮޅުމަޑުލު އަތޮޅު ކައުންސިލާ ގުޅިގެން އެއަތޮޅުގެ ލޯކަލް ކައުންސިލްތަކުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް ކައުންސިލްތަކުގެ މުވައްޒަފުންނަށް ހިންގާ ޕްރޮގްރާމެއް ކަމަށް ކޮޅުމަޑުލު އަތޮޅު ކައުންސިލުން ވިދާޅުވިއެވެ.

މި ޕޮރޮގްރާމުގައި މައިގަނޑުގޮތެއްގައި މަޢުލޫމާތު ދެއްވާނީ ކައުންސިލްތަކުގެ ޕްލޭނިންއާއި، ދައުލަތުގެ ޕްރޮކިޔުމެންޓް ނިޒާމާއި، ކައުންސިލްގެ ބަޖެޓާއި، އެސް.އޯޕީ އާއި، ޕީއެސްއައިޕީ އާއި، ޕާފޯމަންސް އިންޑެކްސްއާއި، ކައުންސިލްހެ މާލީ ކަންކަމަށް ގުޅޭ ގޮތުން ކަމަށް ވެސް ކޮޅުމަޑުލު އަތޮޅު ކައުންސިލުން ވިދާޅުވިއެވެ.

މި ޕްރޮގްރާމުގައި މަޢުލޫމާތު ދެއްވަނީ އެލްޖީއޭގެ މުވައްޒަފުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.