ވިލިމާލެ ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވެފައިވަނީ މަރުވެފައި އޮއްވައި ފެނިފައިވަނީ އުމުރުން 60 އަހަރުގެ މީހެއް ކަމަށެވެ. އޭނާ މަރުވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިރޭ އިރާކޮޅު ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ. އެ މައްސަލަ ފުލުހުން މިހާރު ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ. މި ކަމާބެހޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން އަދީ ދީފައެއް ނުވެއެވެ.