ޕްރިޔަންކާ ޗޯޕްރާގެ ކާވެނި މިއަންނަ އަހަރު ބައްވާނެ ކަމަށް މިދިޔަ ހަފްތާގައި އެންޓަރޓެއިންމަންޓ ޓުނައިޓް އިން ރިޕޯޓު ކޮށޤފައިވާ އިރު ޔޫއެސް ވީކްލީ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ނިކް ޖޮނަސް އާއި ޕްރިޔަންކާގެ ކާވެނި މިއަހަރު ޑިސެންބަރު މަހު އޮންނާނެއެވެ. ކާވެނީގެ ތާރީޚް އަދި ކަށަވަރު ވެފައި ނުވިޔަސް ކާވެނިގެ ތައްޔާރީތައް މިހާރު ވަނީ ފަށާފައެވެ. އެގޮތުން ޕްރިޔަންކާގެ ގަތް އެކުވެރީން ވަނީ އާދީއްތަ ދުވަހުގެ ރޭ އޭނާގެ ބްރައިޑަލް ޝަަވަރ ބާއްވާފައެވެ.
މި ޕާޓީ އޮތީ މެންހެޓަންގައި ހުންނަ ޓިފަނީ އެންޑް ކޯގައި ހުންނަ ބްލޫ ބޮކްސް ކެފޭ ގައެވެ. ބައެއް ޚަބަރުތައް ބުނާ ގޮތުން ޕްރިޔަންކާގެ ބްރައިޑަލް ޝަވަރ ބާއްވާފައިވަނީ އާއްމުންނަށް އެތަން ބަންދުކޮށްގެންނެވެ. އޭނާގެ އެންގޭޖްމަންޓް އަނގޮނޓި ގަންނަންވެސް ނިކް ޖޮނަސް ވަނި ޓިފަނީ އެންޑް ކޯގެ ފިހާރައެއް ބަންދުކޮށްފައެވެ.
ރޭގެ ހަފްލާގައި ޕްރިޔަންކާގެ މަންމް މަދޫ ޗޯޕްރާ އާއި ނިކް ޖޮނަސްގެ ދައްތަ ބައިވެރިވެއެވެ.