އަބުރުގެ ޤާނޫނު އުވާލަން ޝާހިދު ހުށަހަޅުއްވައިފި

ރައްޔިތުންގެ މަޖިލީހުން ފާސް ކުރައްވާފައިވާ އަބުރުގެ ޤާނޫނު އުވާލަން ހުށަހަޅުއްވައިފިއެވެ.

އަބުރުގެ ޤާނޫނު އުވާލަން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރުގެ ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދެވެ. އަބުރުގެ ޤާނޫނު އުވާލަން ޝާހިދު ހުށަހެޅުއްވިއިރު އިންތިޚާބީ ރައީސް އިބްރާހިމް މުޙަންމަދު ސޯލިޙް ދާދިފަހުން ވިދާޅުވެފައި ވަނީ އެމަނިކުފާނު ރައީސް ކަމުގެ ހުވާ ކުރައްވާތާ 100 ދުވަސް ތެރޭގައި އަބުރުގެ ޤާނޫނު އުވާލައްވާނެ ކަމަށެވެ.

އިންތިޚާބީ ރައީސް އިބްރާހިމް މުޙަންމަދު ސޯލިޙްގެ ފަރާތުން މި ގާނޫނު އުވާލަން މަޖިލީހުގެ ކުރީގެ ރައީސް ހުށަހެޅުއްވިއިރު އިންތިޚާބީ ރައީސް އިބްރާހިމް މުޙަންމަދު ސޯލިޙް ދާދިފަހުން ސަންގު ޓީވީގެ މުއައްޒަފުންނާ ބައްދަލު ކުރައްވައި ވިދާޅުވީ އަބުރުގެ ޤާނޫނުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅިފައިވާ ކަމަށާއި އަބުރުގެ ޤާނޫނު އުވާލުމުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް މިވަގުތު ނޫސްވެރިންނަށް އޮތް ވަރަށް ބޮޑު ހުރަހެއް ނައްތާލެވޭނެ ކަމަށެވެ.

އިންތިޚާބީ ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ނޫސްވެރިންނަށް ފަހި މާހައުލެއް ގާއިމްކޮށް ދެއްވާނެ ކަމަށާއި ރަނގަޅު ވެއްޓެއް ނޫސްވެރިންނަށް ހޯއްދަވައި ދެއްވާނެ ކަމަށެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.