ރައީސް ޔާމީން ބަލިވި އެއް އަސްލަކީ ރައްޔިތުންނަށް ރައްކާތެރި ކަމެއްނެތުން: އެމްޑީޕީ

ސެޕްޓެމްބަރު 23 ގައި ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީން ބޮޑުތަފާތަކުން ބަލިވެ ވަޑައިގެންނެވީ އެމަނިކުފާނުގެ ސަރުކާރުގައި ރައްޔިތުންނަށް ރައްކާތެރިކަމެއްނެތިގެން ކަމަށް އެމްޑީޕީން ތުހުމަތު ކުރައްވައިފިއެވެ.

އެމްޑީޕީން ވިދާޅުވެފައިވަނީ އެ އިންތިޚާބުގައި ދިވެހި ރައްޔިތުން ވަނީ ރައީސް ޔާމީނަށް ނޫނެކޭ ބުނެފައި ކަމަށެވެ. ރައްޔިތުން ރައީސް ޔާމީނަށް ނޫނެކޭ ބުނުމުގެ މައިގަނޑު އެއް އަސްލަކީ އެމަނިކުފާނުގެ ސަރުކާރުގައި "ރައްޔިތުންގެ ރައްކާތެރިކަމާއި މުޖުތަމައުގެ އަމާންކަން ނަގާލާފައިވުން" ކަމަށް އެޕާޓީން ބުނެފައިވެއެވެ.

އެމްޑީޕީން ތުހުމަތު ކޮށްފައިވާ ގޮތުގައި ރައީސް ޔާމީން ވެރިކަމުގައި ހުންނަވާ ކޮންމެ ދުވަހަކީ ރައްޔިތުން އިތުރު ނުރައްކަލެއްގެ ތެރެއަށް ހުށަހެޅޭނޭ ދުވަހެކެވެ. އެމްޑީޕީން އެހެން ބުނީ އުމުރުން އެންމެ 14 އަހަރުގެ ކުޑަކުއްޖެއްގެ ގަޔަށް ވަޅިހަރައި މަރާލި މައްސަލަ ކުށްވަރި ކުރައްވަމުން ނެރުނު ބަޔާނެއްގައެވެ.

އެކުއްޖާއާއި އަދި އެނޫން ވެސް އެފަދަ ގޮތްތަކަށް މަރާލާފައިވާ އެންމެހައި ފަރާތްތަކުގެ މައްސަލަތަކުގެ ފުރިހަމަ ޖިނާއީ ތަހުގީގެއް ހިންގުމަށް އެޕާޓީން ވަނީ ފުލިހުންނަށް ގޮވައިލައިފައެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.