މަސައްކަތު މާހައުލުގައި ލިބޭ ޖިންސީ ގޯނާ އާއި ދެކޮޅަށް ހޮލީވުޑްގައި ފެށި "މީ ޓޫ" މޫވްމަންތްގެ ތޫފާނެއް އިންޑިއާގެ މީޑިއާ އާއި ބޮލީވުޑަށް އައިސްިފިއެވެ. މި ތޫފާނުގައި ނޫސް އެޑިޓަރުންނާއި، ރިޕޯޓަރުން އަދި ބޮލީވުޑް ގެ ތަރިންނާއި، ޑައރެކްޓަރުންނާއި ޕްރޮޑިއުސަރުން އަދި ކޯރިއޯގްރާފަރުންނަށް ރެޕާއި ޖިންސީ ގޯނާގެ ތުހުމަތު ދަނީ ކުރެވެމުންނެވެ. އަންހެން ތަރީންނާއި ނޫސްވެރީން، އެމީހުންނަށް މީގެ އަހަރުތަކެއް ކުރީން ތަޖުރިބާ ކުރަންޖެހުން ޖިންސީ ގޯނާ އާއި ފުރައްސާރއަިގެ ވަހަކައިން މީޑިއާ އާއި ބޮލީވުޑަށް މިވަނީ ޙައިރާން ކަމެއް ލިބިފައެވެ.
ބޮލީވުޑްގެ ފިލްމެއް ކަމުގައިވާ 'ޗޮކްލެޓް' ގެ ތަރި ތަނުޝްރީ ދައްތާ އަށް ފިލްމު ސެޓުގައި މީގެ 10ވަރަކަށް އަހަރު ކުރީން ނާނާ ޕަޓޭކަރް ޖިންސީ ގޯނާ ކުރިކަމށް ބުނެ އެވާހަކަ ހާމަ ކުރުމާ އެކު އިިތުރު ތަރިންނާއި ނޫސްވެރީން ދަނީ އެމީހުންނަށް ކުރިމަތިވެފައިވާ އެފަދަ ތަޖުރިބާތައް ހިއްސާ ކުރަމުންނެވެ.
ބޮލީވުޑްގެ ޕްރޮޑަކްޝަން ހައުސްއެއްގެ ހަތަރު ޕާޓްނަރުންގެ ތެރެއިން އެކަކަށް ޖިންސީ ގޯނާގެ ތުހުމަތު ކުރެވުމުން އެ ޕްރޮޑަކްޝަން ހައުސް އުވާލައިފިއެވެ. ފެންޓަމް ހައުސްގެ ހަތަރު މަސްއޫލެވެރިންނަކީ ފިލްމް މޭކަރ އަނޫރާގް ކޭޝަޕް އާއި ވިކްރަަމްއަދިތްޔާ މޯތްވާން އާއި ވިކާސް ބާލް އާއި މަދޫ މަންތޭނާ އެވެ. ފެންޓަމް ހައުސްގެ ކްރޫއަކު ވަނީ 2015 ވަނަ އަހަރުގެ މޭ މަހު ވިކާސް ބާލް އޭނާއަށް ޖިންސި ގޯނާ ކުރިކަމަށް ބުނެ އޭނާގެ ވާހަކަ ކިޔައިދީފައެވެ، ބާލް ބޮޑަށް މަޝްހޫރްވެފައިވަނީ ފެމިނިސްޓް ތީމަކަށް 2014 ވަނަ އަހަރު އުފެއްދި ބްލޮކްބަސްޓަރ ފިލްމު 'ކުއިން' އިންނެވެ. މި މީއާ އާ ހަވާލާދީ ހަފިންޓަން ޕޯސްޓުގައި ރިޕޯޓްކޯށްފއިވާ ގޮތުގައި ވިކާސް ބާލް މި އަންހެން މީހާ ރޭޕް ކުރަން މަސައްކަތް ކުރީ ގޯއާގެ ހޮޓަލެއްގައެވެ. އަދި އޭގެފަހުން 2017ވަނަ އަހަރު އޭނާ ވަޒީފާއިން ވަކިވުމާ ހަމައަށް ވިކާސް ގެ އުނދަގޫ އޭނާއަށް ފޯރިއެވެ.
ވިކާސް އަކީ ޖިންސީގެ ގޯނާގެ ތުހުމަތު ކުރާ ހައި ޕްރޮފައިލް މީހުންގެ ލިސްޓަށް ފަހުްނ އިތުރުވީ ނަމަކެވެ. ފިލްމް 'މޭނެޭ ޕިޔާރްކިޔާ" ގައި ބައްޕަ ރޯޅު ކުޅެފައިވާ ތަރި އަލޯކް ނާތް އަކީވެސް ރޭޕްގެ ތުހުމަތު ކުރެވޭ މީހެކެވެ. ލިޔުންތެރިޔާ އަދި ޕްރޮޑިއުސަރ ވިންތާ ނަންދާ ވަނީ އަލޯކް ނާތް މީގެ 19 އަހަރު ކުރީން އޭނާ ރޭޕް ކުރި ކަމަށް މީޑިއާ އަށް ހާމަކޮށްފައެވެ.
ރޭޕާއި ޖިންސީ ތުހުމަތު ކުރެވޭ މީހުންގެ ލިސްޓަށް އެންމެ ފަހުން އިތުރުވީ ނަމަކީ މަޝްހޫރް ޑައިރެކްޓަރު ސުބާޝް ގާއީ ގެ ނަމެވެ. ރާ ބޮއެގެން ހުރެ ސުބާޝް އޭނާގެ މުއައްޒަފަކު ރޭޕްކޮށްފައިވަ ކަމަށް ބުނެފައެވެ. އަދި ޑައިރެކްޓަރު ސާޖިދު ޚާންގެ މައްޗަށްވެސް ޖިންސީގެ ގޯނާގެ ތުހުމަތު ނޫސްވެރިއަކު ކުރުމާ ގުޅިގެން މަޝްހޫރް އެކްޓަރު އަކްޝޭ ކުމާރް ވަނީ ސާޖިދް ޑައިރެކްޓް ކރުާ ފިލްމް 'ހައުސް ފުލް 4' އިން ވަކިވެފައެވެ.
ބޮލީވުޑާއެކު އަންހެން 12 ނޫސްވެރިއަކު ވަނީ ފިރިހެން ނޫސްވެރިންނާއި އެޑިޓަރުންގެ ފަރާތުން ޖިންސީ ގޯނާ ލިބިފައވާ ކަމަށް ބުނެ އެވާހަކަތައް އާއްމުކޮށްފައެވެ. ޚަބަރު ފަތުރާ ދާއިރާ އިން އެންމެ ފުރަތަމަ މިފަދަ ވާހަކައެއް ހާމަކުރީ އިންޑިއާގެ ލިޔުންތެރިޔާ މަހީމާ ކުކްރޭޖާ އެވެ. މި މަހުގެ 4ވަނަ ދުވަހު އޭނާ ވަނީ ކޮމިކް އުސްތާވް ޗަކްރަބަތީ އޭނާއަށް ލަދު ގުނަވަންތަކުގެ ފޮޓޯ ފޮނުވިކަމަށް ބުނެ އެކަން ސޯޝާލްމީޑިއާގައި ހާމަކޮށްފައެވެ. ޓުވިޓަރ ގަިއ އޭނާ މިވާހަކަ ހާމަކުރުމާއެކު އެއީ ތަކުރާރުކޯށް އެފަދަ ކަންކަން ކުރާ މީހެއް ކަމށް ބުނެ ގިނަ އަންހެނުންތަކެއް ޓުވީޓު ކުރިއެވެ.
ކުކްރޭޖާ ގެ ޓުވީޓާ އެކު މީޑިއާގެ ސީނިއަރ މީހުންނަ ދެކޮޅަށް ގިނަބަޔަކު ދަނީ ޓުވީޓު ކުރަމުންނެވެ. 'ދަ ވަޔަރ' ނޫސް ވެބްސައިޓުގައި މަސައްކަތް ކުރާ ނޫސްވެރިޔާ ބޫޔާން ވަނީ 'ބިޒިނެސް ނިއުސް ސްޓޭންޑަރޑް' ގެ ނޫސްވެރިޔާ މަޔަންކް ޖޭން އޭނާ އަށް ޖިންސީ ގޯނާ ކުރިކަމަށް ބުނެފައެވެ. އެއާއެކު އަންހެން ދް ނޫސްވެރިއަކު ވަނީ އޭނާގެ ފަރާތުން އެފަދަ ތަޖުރިބާ ކުރަން ޖެހުނު ކަމަށް ބުނެ ޓުވީޓު ކޮށްފައެވެ. މި މައްސަލަ އާއި ގުޅިގެން ބިޒްނެސް ސްޓޭންޑަރޑް އިން ތަހުގީގެއް ފަށާފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުް ރިޕޯޓު ކުރެއެެވެ
ބޫންޔާންގެ ޓުވީޓަށް ފަހު އެހެން ނޫސްވެރިއަކު ވަނީ ޓައިމްސް އޮފް އިންޑިއާގެ ހައިދަރްއާބާދް އެޑިޝަންގެ އެޑިޓަރު އޭނާ އަށް 2008ވަނަ އަހަރު ޖިންސި ގޯނާ ކުރި ކަމަށް ބުނެފައެވެ. މި ނޫށްވެރިޔާ ވަނީ ތަޖުރިބާ ހޯދުމުގެ ގޮތުން އެޏުހުގައި މަސައްކަތް ކުރި އެހެން 3 އަންހެނަކަށް ވެސް އެޑިޓަރު ގޯނާ ކުރި ކަމަށް ބުނެ އެމީހުން ފޮނުވާފައިވާ ސްކްރީންޝޮޓް ޝެއަރ ކޮށްފައެވެ. ހިންދުސްތާން ޓައިމްސް އާއި ޑީއެންއޭ އަދި ޓައިމްސް އިންޑިއާ އާއި މަޖައްލާ ތަކުގައި މަސައްކަތް ކުރާ ގިނަ އަންހެން ތަކެއް ވަނީ އެމީހުންނަށް އެޑިޓަރުންނާއި ނޫސްވެރީންގެ ފަރާތުން ލިބިފައިވާ ގޯނާގެ ވާހަކަ ހިއްސާކޮށްފައެވެ. މަސައްކަތު މާހައުލުގައި ލިބޭ ޖިންސީ ގޯނާ އާ ދެކޮޅަށް މުއައްސަސާތަކުގައި އަންހެނަކު އިސްވެ ހުންނަ ކޮމިޓީއެއް އޮންނަންވާނެ ކަމަށް އިންޑިއާގެ ގާނޫން އަސާސީ އިން ލާޒިމު ކުރެއެވެ.
އެހެން ކަމުން މިފަދަ މައްސަލަތައް ބެލޭނޭ އިންތިޒާމު މުއައްސަސާގެ ތެރެއިން ހަމަޖެހެންވާނެއެވެ. މަސައްކަތު މާހައުލަކީ ދެ ޖިންސުގެ މީހުންނަށް ވެސް ރައްކާތެރި ތަނަކަށް ހަދަން ޖެހެއެވެ. މިގޮތަށް ކުރެވޭ ތުހުމަތަކީ ރަނގަޅަށް ތަހުގީގު ކުރެވެންވާނެ މައްސަލަތަކެވެ.
ރޭޕާއި ޖިންސީ ގޯނާގެ ތުހުމަތު ކޮށްފައިވާ ތަރީންނާއި ޑައިރެކްޓަރުންނާ އެއްކޮޅަށް ބޮލީވުޑްގައި ދުވަސްވީ ބައެއް ތަރީން ދަނީ އަޑު އުފުލަމުންނެވެ. މަޝްހޫރް ތަރި އާސްރާނީ ބުނެފައިވަނީ އެއީ 'ފަލަ އަންހެނުން މީޑިއާގެ ސަމާލުކަން ހޯދަން ކުރާކަމެއް' ކަމަށެވެ. ޝަކްތީ ކަޕޫރް ބުނެފައިވަނީ އޭނާ އޭރު އުމުރުން ވަރަށޤ ހަނގު ކަމަށާއި އެފަދަ އެއްވެސް ކަމެއް ހަނދާން ނެތް ކަމަށެވެ. ނާނާ ޕަޓޭކަރް އަށް ކުރެވުނު ތުހުމަތު ތަކާއި ގުޅިގެން މީޑިއާ އިން ސުވާލު ކުރުމުން އޭނާބުނެފައިވަނީ އެއީ ދޮގު ކަމަށެވެ. މީޑިއާގެ އިތުރު ސުވާލުތަކަް ޖަވާބު ދިނުމަށް އޭޏާ ވަނީ އިންކާރު ކޮށްފައެވެ.
ބައެއް ތަރީންވަނީ ޖިންސީ ގޯނާއާއި ކުރިމަތިވި ކަމަށް ބުނާ ތަރީންނާ ހިތްވަރު ދީ ވާހަކަ ދައްކާފައެވެ. އަދި ބޮލީވުޑްގެ ސުޕަރސްޓަރ އާމިރް ޚާން އާއި އޭނާގެ އަންހެނުން ވަނީ އެފަދަ ތުހުމަތެއް ކުރެވުނު ފަރާތަކާއެކު ވެފައިވާ އެއްބަސްވުމެއް އުވާލާފައެވެ. މިކަމާ ގުޅިގެން އާމިރް އާއި ކިރަން ނެރެފައިވާ ބަޔާނުގައި ބުެނފަިއވަނި ޖިންސީ ގޯނާގެ އެއްވެސް އަމަލެއް އެއްވެސް ވަރަކަށް ޓޮލެރރޭތް ކުރަން ބޭނުން ނުވާ ކަމަށް ބުނެފައެވެ.
ހޮލީވުޑް ގައި ފެށި މީޓޫ ހަރަކާތުން ހިތްވަރު ލިބިގެން އެކި ފަރާތްތަކާ މެދު ކުރެވުނު ތުހުމަަތު ކުރެވުނު ބައެއް ފަރާތްތަކުގެ މައްޗަށް ޝަރީއޢަތް ހިންގައި މިހާރު ދަނީ ޖަލުގައި ޙުކުމް ތަންފީޒު ކުރަމުންނެވެ. އިންޑިއާ އަކީ ރޭޕް ގެ މައްސަލަ ބޮޑު ގައުމެކެވެ. މިފަދަ ހަރަކާތަކުން އިންޑިއާގައި ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ޝަރީޢަތް ހިންގަނެ ކަމާމެދު ބައެއް މީޑިއާތަކުންވެސް ދަނީ ސުވާލު އުފައްދަމުންނެވެ.