ޕީޕީއެމުން ސުވާލު އުފައްދަނީ ކޮންކަމަކާކަން ވެސް މިހާރު ނޭނގޭ: ޝަރީފް

ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުﷲ އަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއަށްފަހު ޕީޕީއެމުން މިހާރު ސުވާލު އުފައްދަނީ ކޮންކަމަކާކަން ވެސް އެނގި ވަޑައިނުގަންނަވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އެކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ރިޔާސީ އިންތިޚާބަށްފަހު މިހާތަނަށް ޕީޕީއެމުން އެއްވެސް ޝަކުވާއެއް ހުށަހަޅާފައި ނުވާކަމަށެވެ. އަދި އެއްވެސް މައްސަލައެއް ސާފުކުރަންވެސް މަސައްކަތް ނުކުރާކަމަށެވެ. އެކަމަކު ކޮންމެ ރެއަކު މަދުބަޔަކު ނުކުމެ ދައްކާ ވާހަކަތަކުން އެމީހުން އުފައްދާ ސުވާލުތައް ވެސް މިހާރު އެނގިވަޑައި ނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު މިހުންނީ އެމީހުން (ޕީޕީއެމުން) ސުވާލު އުފައްދަނީ ކޮންކަމަކާކަން ވެސް ނޭނގިފައި. ތިރީސް އަށް ހާސް ވޯޓުގެ މައްސަލަތޯ ،އެމީހުން ހުށަހަޅަނީ ނުވަތަ ވަކި ތިރީސް އަށް ހާސް ވޯޓު އައިގޮތެއް އެމީހުންނަށް ނޭނގިގެންތޯ،" ޝަރީފް ވިދާޅުވިއެވެ.

އެސުވާލު އަމިއްލައަށް ވިސްނި ވަޑައިގެންނެވުމުން ޕީޕީއެމަށް ފަސޭހަކޮށް ދެއްވުމުގެ ގޮތުން  އަޅުގަނޑު އެމީހުންނަށް އެކަން ހިތަށް އަރައިގެން އެމީހުންނަށް އެކަން ތަންކޮޅެއް ފަސޭހަކޮށްދިނުމަށްޓަކައި ހުރިހާ ވޯޓުފޮށްޓެއްގެ ތަފްސީލީ ނަތީޖާ ޝީޓެއް ހުރިހާ ޕާޓީތަކަށް ފޮނުވައިފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޝީޓް ފޮނުވީ އިތުރު އެނަލިސިސް ހެދުމަށްފަހު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ނަތިޖާއަށް އެއްވެސް ބަދަލެއް އަތުވެދާނެ އެއްވެސް ކަމެއް ފެނިވަޑައި ނުގެންނެވި ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

"މިހަފްތާތެރޭގައި އަޅުގަނޑުވާނީ ޕީޕީއެމް ހިމެނޭ ގޮތަށް ހުރި ޕާޓީތަކަށް، އިންތިޚާބުގެ ރަސްމީ ނަތީޖާގެ ފޮށިތަކުގެ ތަފްސީލީ ނަތީޖާގެ އެކްސެކް ޝީޓެއް ފޮނުވާފައި. އޭރުން އެނގޭނެތާ ވަކި ފޮށްޓަށް ލެވިފައިހުރި ވަރު،" ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ތަފްސީލީ ޝީޓުތައް ފޮނުވުމުން ވެސް ޕީއެމަކުން އެއްވެސް ޝަކުވާއެއް އަދި ކަމެއް ސާފުކުރަން ވެސް އެދިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.