ފަނޑިޔާރުންގެ މައްޗަށް އުފުލި ރިޝްވަތުގެ ދައުވާ ބާތިލް  ކުރައްވައިފި

ރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ސްޕްރީމްކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި، ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކުރީގެ ވެރިޔާ ހަސަން ސައީދުގެ މައްޗަށް ދައުލަތުން ކުރައްވައިފައިވާ ރިޝްވަތު ހިފުމުގެ ދައުވާ ކްރިމިނަލް ކޯޓުން މިއަދު ބާތިލް ކުރައްވައިފިއެވެ.

މިބޭފުޅުން ބަންދުކުރެއްވީ މިއަހަރުގެ ފެބުރުއަރީ އެކެއްގައި ސްޕްރީމް ކޯޓުން ނެރުއްވި އަމުރާ ގުޅިގެން ކަންތައްތަކެއް ތަހުގީގު ކުރެއްވުމަށެވެ. އެބޭފުޅުން ބަންދުކުރެއްވީ ކުއްލިހާލަތު ވެސް އިއުލާން ކުރެއްވުމަށްފަހުގައެވެ.

އެބޭފުޅުން ބަންދު ކުރެއްވުމަށްފަހު ފުލުހުން ވަނީ ތަހުގީގު ހިންގަވައިފައެވެ. އެ ތަހުގީގުން އެނގުނު ގޮތުގައި އެކެއް ފެބުރުއަރީގެ ހުކުމް ސްޕްރީމް ކޯޓުން ނެރެދެއްވައިފައިވަނީ ފަނޑިޔާރު އަލީ ހަމީދާއި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ރިޝަވަތު ހިއްޕަވައިގެންނެވެ. ހަސަން ސައިދު ގެންދަވަނީ ރިޝްވަތު ހިފުމުގެ އިތުރަށް ގާނޫނު ހިންގެވުމުގެ ކުށުގައި ހަތަރު މަހާއު 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

މިބޭފުޅުންގެ އިތުރަށް ވީލާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ސިޔާދު ގާސިމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތުގެ މައްސަލަ ވެސް މިއަދު ވަނީ ބާތިލް ކުރައްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.