ރާއްޖޭގެ އެކިހިސާބުތަކަށް އަދިވެސް ވިއްސާރަ ކުރާނެކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓު އޮފޯހުން ވިދާޅުވެއްޖެއެވެ.
އެއޮފީހުން ވިދާޅުވީ ހުޅަނގުދެކުނާއި ހުޅަނގު، އުތުރު އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި އެހެން ހިސާބުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް މެޓު އޮފީހުން ވިދާޅުވިއެވެ.
ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވެގެންދާނެ ކަމަށާއި، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
އެހެންކަމުން ކަނޑުދަތުރު ކުރާމީހުން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސް ކުރައްވައިފައެވެ.