ފޭދޫ މީހަކު ގަތް ކާއްޓެއްގައި ޚަތިމެއް

އައްޑޫސިޓީ ފޭދޫ މީހަކު ގަތް ކާއްޓެއްގެ ތެރެއިން ޚަތިމެއް ފެނިއްޖެ ކަމަށް އެމީހާ ބުނެފިއެވެ.

ފޭދޫ މީހަކާ އިނދެގެން އެރަށުގައި އުޅެމުންދާ ފިލިޕިންސަށް އުފަން، ޒާހީރާ ބުނީ އޭނާ ގާޑިއާއިން ގަތީ ފަސް ކާށި ކަމަށެވެ. އެ ގަތީ މަރަދޫ ފޭދޫ ދިރާގު ކައިރީގައި އޮންނަ ގާޑިއާއަކުންނެވެ. ފަސް ކާށި ގަނެގެން އައިސް ޚަތިމު ފެނުނީ އޭގެ ތެރެއިން އެއްކާށިން ކަމަށް އޭނާ ބުންޏެވެ.
ޚަތިމުގެ ބޮޑުމިނަކީ ގާތްގަނޑަކަށް އެއް އިންޗި ބައި ކަމަށާއި ބޭރުގައިހުރި މުށި ކުލައިގެ ރަބަރު ފަށަލައެއްގެ ސަބަބުން ޚަތިމަށް ފެނުގެ އަސަރު މާބޮޑަށް ކޮށްފައި ނުވާ ކަމަށް އޭނާ ބުންޏެވެ. އެހެންނަމަވެސް މީހުން އޭގައި އަތްލައި ހަދަން ފެށުމުން އަކުރުތައް ފޭދީ ކިޔަން ދަތިވާ ވަރު ވެފައިވާ ކަމަށް އޭނާ ބުންޏެވެ.

"ޚަތިމު ބެލި މީހުން ބުނަނީ އޭގައި 4 ފޮތް ހިމެނޭކަމަށް. ޚަތި ފެނުމުން ރަށު ކައުންސިލް އިދާރާއަށް އެގެންދިޔައިން. ގެންދިޔައިމައި އެމީހުން އޭގެ ވީޑިއޯއާއި ފޯޓޯތައް ނަގައިފައި އަނބުރައި ދީފި. މިހާރު ޚަތިމު އެބައޮތް އަހަރެންގެ ގޭގައި،" ޒާހިރާ ބުންޏެވެ. އޭނާދިރިއުޅޭ ގެއަކީ އެރަށު ބޮޑުމަގުގައި ހުންނަ ގުލްއަލާގެ އެވެ.

ކާށީގެ ތެރެއިން ފެނުނު ޚަތިމު ބެލުމަށްޓަކައި ވަރަށްގިނަ މީހުން މިހާރުވެސް އެގެއަށް ޖަމާވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ކާށިތެރޭގައި ޚަތިމު އޮތްތަން  އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށް އޭގެ އަސްލު ފެނުނު ނޫސްވެރިއަކު ބުންޏެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.