ހުޅުލޭ އެއާޕޯޓުގެ އާޓާމިނަލްގެ މަސައްކަތް ބިންލާދިން ގްރޫޕަށް!

އެއާޕޯޓްގެ އާ ޓާމިނަލް އަޅަން ސައުދީގެ ބިންލާދިން ގްރޫޕާ ހަވާލުކުރުމަށް އެއްބަސްވުމުގައި ސޮއިކުރަނީ - އަވަސް ފޮޓޯ: މުހައްމަދު އަޒާން

78636_a626f783-4_

މާލޭ، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު(އައިއެންއައިއޭ)ގެ އާ ޓާމިނަލްގެ މަސައްކަތް ކުރުމުގެ މަޝްރޫޢު ސައުދީ ޢަރަބިޔާގެ އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުނި ބިން ލާދިން ގްރޫޕާއި ހަވާލުކޮށްފިއެވެ.

އައިއެންއައިއޭ ގެ ތަރައްޤީގެ މަޝްރޫއުގެ ދަށުން އަޅާ އާ ޓާމިނަލްގެ މަސައްކަތް ކުރުމަށް ސައުދީ ޢަރަބިޔާގެ ބިން ލާދިން ގްރޫޕާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ، އައިއެންއައިއޭގެ އާ ޓާމިނަލް އަޅާ ސަރަހައްދުގައި މިރޭ ބޭއްވި ޚާއްސަ ހަފްލާއެއްގައެއެވެ. އެއާޕޯޓްގެ ފަރާތުން މިކަމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ މޯލްޑިވް އެއަރޕޯޓް ކޮމްޕަނީ ލިމިޓެޑް(އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު، އާދިލް މޫސާއެވެ.

ބިން ލާދިން ގްރޫޕްގެފަރާތުން ސޮއި ކުރެއްވީ، އެ ކުންފުނީގެ ރެޕްރެޒެންޓެޓިވް، އަބްދުލް އަޒީޒް ބިން ބިންލާދިންއެވެ.

މިރޭގެރަސްމިއްޔާތުގައި އައިއެންއައިއޭގެ އާ އިންޓަނޭޝަނަލް ޕަސެންޖާ ޓާމިނަލްގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމުހޫރިއްޔާ އަބުދުﷲ ޔާމިން ޢަބްދުލްޤައްޔޫމެވެ. 800 މިލިއަން އެމެރިކާޑޮލަރުގެ މި ޕޮރެޖެކްޓްގެ ދަށުން 3400 މީޓަރުގެ ދިގު 65 މީޓަރުގެ ފުޅާ ރަންވޭއެއް ގާއިމް ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.