ތަރައްޤީގެ މަސައްކަތްތައް ނިމޭނީ ރާއްޖެ ދުނިޔޭގައި ފާހަގަކޮށްލެވޭ ޤައުމަކަށް ވުމުން - ރައީސް

77826_72d2f7b8-0_

ސަރުކާރުން ދިވެހި ރާއްޖެއަށް ގެންގަން ބޭނުންވަ ތަރައްގީގެ މަސައްކަތްތައް ނިމޭނީ ރާއްޖެ ދުނިޔޭގައި ތަރައްޤީގެގޮތުން ފާހަގަކޮށްލެވޭ ޤައުމަކަށް ވުމުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ވިދާޅުވެއެޖެއެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ ވެރިކަމުގެ ދައުރު ދެބައި ވުން ފާހަގަކުރުމަށް، ބޭއްވި ކުޅިވަރު ފެސްޓިވަލް "ފަހި 913" ނިންމުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ތަރައްޤީ ފުރިހަމަވެގންދާނީ ރާއްޖެއަކީ އެކިބޭނުންތަކުގައި އެހެންޤައުމުތަކުން މީހުން ޒިޔާރަތްކުރާފަދަ ފުރިހަމަ ޤައުމަކަށް ވެގެންކަމަށެވެ.

ރާއްޖޭ ތައުލީމީ ދައިރާއަކީ ބައިނަލްއަގްވާމީ ފެންވަރެއްގައި ފާހަގަކޮށްލެވޭ ދައިރާއަކަށް ވުމާއި ސިއްހީ ދައިރާ އަކީ އެހެން ގައުމުތަކުން ރާއްޖެއަށް ބޭސްފަރުވާ ހޯދުމަށް މީހުން އަންނަފަދަ ފުރިހަމަ ދާއިރާއަކަށް ވުމަކީ އެކަނިކުފަނުގެ އުންމީދެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.