ބައެއް ސަރަހައްދު ތަކަށް ވައިޓް އެލާޓް ނެރެފި

މޫސުމް ގޯސްވެ ވައިގަވާނެތީ މިއަދު ވެސް ބައެއް ސަރަހައްދު ތަކަށް މޫސުމާބެހޭ އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ.

މިއަދު ވައިޓް އެލާޓް ނެރެފައިވަނީ ރ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށެވެ. މޫސުމާ ބެހޭ އޮފީހުން ވިދާޅުވެފައިވަނީ އާންމުގޮތެއްގައި ގަޑިއަކު 23 މޭލާއި 29 މޭލާއި ދެމެދުގައި ވައި ޖެހޭނެ ކަމަށެވެ. ވިލާގަނޑު ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް މޫސުމާބެހޭ އޮފީހުންވަނީ ލަފާކުރައްވައިފައެވެ.

ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 9:00 އިން މެންދުރު ފަހު 15:00 އަށެވެ. މޫސުމާއި ބެހޭ އޮފީހުން ވިދާޅުވެފައިވަނީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށެވެ. ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ކަމަށާއި ދިޔަ ބޮޑުވާ ވަގުތު ބައެއް ހިސާބުތަކަށް އުދައެރުން އެކަށީގެންވާ ކަމަށް ވެސް މޫސުމާ ބެހޭ އޮފީހުންވަނީ ލަފާ ކުރައްވައިފައެވެ. އެހެން ކަމުން ކަނޑުދަތުރުފަތުރު ކުރާ މީހުން ސަމާލުވުމަށް ވެސް މެޓް އޮފީހުން އިލްތިމާސް ކުރައްވާފައިވެއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.